މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިންޓަރން

އިންޓަރންޝިޕް ފުރުޞަތު:

އިޢުލާން ނަންބަރު: (IUL)475-HR/475/2021/263

ތާރީޚް: 19 ޑިސެންބަރު 2021

މަޤާމު:

އިންޓަރން

އަދަދު:

03

މުއްދަތު: 3 މަސް ދުވަސް

މަސައަކަތް ކުރަންޖެހޭތަން:

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

މަސައަކަތް ކުރަންޖެހޭ ވަޤުތު:

ހެނދުނު 8:00 އަކުން މެންދުރުފަހު 14:00 އަށް (ކަނޑައަޅާ އުޞޫލެއްގެ ދަށުން ފްލެކްސީ ޓައިމްވެސް ހަމަޖެއްސިދާނެ)

ޝަރުތު:

ދަށްވެގެން ޖީ.ސީ.އީ އޯ ލެވެލް ނިންމައިފައިވުން.

މަސްޢޫލިއްޔަތު:

މަތީ ތަޢުލީމާގުޅިގެން ކުރަންޖެހޭ އެކިއެކި މަސައްކަތްތަކުގެ ޑާޓާ އެންޓްރީ ކުރުމުގެ މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1- އިންޓަރނުންނަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތުގެ ސިޓީ (ސިޓީ އެޑްރެސްކުރައްވާނީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން އަށެވެ.

2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ.

އިންޓަރން ޝިޕަށް  އެދެންވީގޮތާއި ސުންގަޑި:

-          2021 ޑިސެންބަރު 23 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިމިނިސްޓްރީގެ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

-          ހާޑު ކޮޕީ ހުށަހަޅާނަމަ، މިނިސްޓްރީގެ ކައުންޓަރަށް ސުންގަނޑި ހަމަވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: އިންޓަރން އަށް އެދި ހުށަހަޅާ ހުރިހާ ޑޮކިއުމަންޓްތައް އެއްފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ފައިލްގައި ހުށަހަޅާ ފަރާތުގެ ނަންޖެހުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު:

މަސައްކަތް ނިމުމުން ބައިވެރިންނަށް ސެޓްފިކެޓް އޮފް އެޕްރިސިއޭޝަން ގެ ގޮތުގައި ސެޓްފިކެޓެއް ދެވޭނެއެވެ.

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ , 3026928, 3026951, 3026966 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

19 ޑިސެންބަރު 2021
ހޯދާ