މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ބިލެތްފަހި ލޯކަލް ޓްއަރިޒަމަށް ޕްރޮމޯޓް ކުރުމުގެ ގޮތުން ލޯގޯއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ށ. ބިލެތްފަހި ލޯކަލް ޓްއަރިޒަމަށް ޕްރޮމޯޓް ކުރުމުގެ ގޮތުން ލޯގޯއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

  ށ.ބިލެތްފަހި ލޯކަލް ޓްއަރިޒަމަށް ޕްރޮމޯޓް ކުރުމުގެ ބޭނުމުގައި  ލޯގޯ ހެދުމަށް ފުރުސަތު ހުޅުވާލަމެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލުން ކަނޑައަޅާ މިންގަޑުތަކާއި ހިމަނަން ބޭނުންވާ ސިފަތަކާއި އެކު މިއަދުން ފެށިގެން ރަސްމީ ބަންދުނޫން 07 ދުވަސް ތެރޭގައި ލޯގޯ ހަދާ މިކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ. ލޯގޯ ހުށައަޅަންވާނީ ކައުންސިލްގެ މެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްގެންނެވެ. އަދި ސަބްޖެކްޓުގައި "ބިލެތްފަހި ލޯކަލް ޓުއަރިޒަމް" މިހެން އަދި މިޢިއުލާން ނަންބަރު ހިމަނަންވާނެއެވެ. މިގޮތުން ހުށައަޅާ ލޯގޯގެ png ފައިލް، jpg , jpeg ފައިލް ހިމެނުމުގެ އިތުރުން ލޯގޯ ހެދުމަށް ބޭނުންކުރާ ޚާއްސަ ޓޫލް ( ކޮރަލްޑްރޯ، އެޑޯބީ، ޕަބްލިޝާރ، އޮޓޯކެޑް ފަދަ ) ގެ ރޯ ފައިލް ހިމަނަންވާނެއެވެ.

ލޯގޯގެ ސްޕެސިފިކޭޝަން:

ލޯގޯގެ ކުލަ:

  1. ލޯގޯގެ ކުލާގެ ގޮތުގައި ކައުންސިލުން ފާސްކޮށްފައިވަނީ ބަލާލަން ފަސޭހަ ކުލަ ފެނުމުންވެސް އެލޯގޯއަށް ޝައުގުވެރިކަން ދަމާގަންނަ ފަދަ ރީތި ކުލައަކަށެވެ.
  2. ލޯގޯގެ ކުލަ މިހެން ނިންމާފައިވީނަމަވެސް ގުދުރަތީ ތަންތަނާއި ތަކެތި އެ ތަކެތީގެ ކުލައިގާ ރަމްޒުކުރުން މައްސަލައެއް ނެތެވެ.
  3. ލޯގޯގެ ބޯޑަރ، ސްޓަރޯކްތައް، އައުޓްލައިންތައް، ލޭޔަރުތައް ފަދަ ބައިތަކުގައި ހުންނަންވާނީ ލޯގޯ ފަރުމާކުރާ ފަރާތުން ބޭނުންވާ އެލޯގޯއަކާއި ގުޅޭ ރީތި ކުލަތަކެކެވެ.  
  4. ލޯގޯގެ ތީމް:
  5. ޓައަރިޒަމްގެ ދާއިރާއާއި ގުޅޭ،  ބިލެތްފަހީގެ ގުދުރަތީ ރީތިކަން ފެންނަ ފަދަ ލޯގޯއެކެވެ. އަދި ލޯގޯ ފަރުމާކުރުމުގައި ބިލެތްފަހީގެ ސަގާފީވަންތަކަމާއި ދިވެހިވަންތަކަމަށް އިސްކަންދޭންވާނެއެވެ.

ލޯގޯގެ ސޮލޯގަން އަދި އިތުރު ތަފްޞީލް:

  1. މިލޯގޯގެ ސޮލޯގަންއަކަށް ވާންވާނީ ކިޔާލަން ފަސޭހަ ރަށާއި ގުޅޭ ސޮލޯގަންއަކަށެވެ. ލޯގޯގައި ނަންޖެހުމުގައި އިނގިރޭސި އަކުރުން ލިޔުމުގައި ކެޕިޓަލް އަކުރު ބޭނުންކުރުން މައްސަލައެއް ނެތެވެ. ލޯގޯގެ ކޮންމެ ހިސާބެއްގައި ނުވަތަ ކޮންމެ އޮރިއެންޓޭޝަން އެއްގައިވެސް ނަން ލިޔެވިދާނެއެވެ. ނަން ލިޔުމުގައި ތަފާތު އަދި ރީތި ޑިޒައިންތަކުގެ ފޮންޓް ހިމެނިދާނެއެވެ.
  2. ލޯގޯގެ ސައިޒް 3 އިންޗި 3 އިންޗިއަށްވުރެ ބޮޑުވެގެން ނުވާނެއެވެ. އަދި މިކައުންސިލުން ބޭނުންވާ ސައިޒްއަކަށް ފިކްސް ކުރެވޭގޮތައް ހުންނަންވާނެއެވެ.

    ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލުން ކަޑައަޅާ މިންގަޑުތަކާއި ހިމަނަންބޭނުންވާ ސިފަތަކާއި އެކު 07 ދުވަސްތެރޭގައި ލޯގޯ ހަދާ މިކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ. އަދި ކައުންސިލުން ހިޔާރުކުރާ އެންމެ ރީތި، ރަނގަޅު ލޯގޯއަކަށް އިނާމެއް ދެވޭނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

19 ޑިސެންބަރު 2021
ހޯދާ