މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިލެތްފަހީ ކައުންސިލްގެ ލޯގޯއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

ބިލެތްފަހީ ކައުންސިލްގެ ލޯގޯއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 ށ.ބިލެތްފަހީ ކައުންސިލްގެ  ލޯގޯ ހެދުމަށް ފުރުސަތު ހުޅުވާލަމެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލުން ކަނޑައަޅާ މިންގަޑުތަކާއި ހިމަނަން ބޭނުންވާ ސިފަތަކާއި އެކު މިއަދުން ފެށިގެން ރަސްމީ ބަންދުނޫން 07 ދުވަސް ތެރޭގައި ލޯގޯ ހަދާ މިކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ. ލޯގޯ ހުށައަޅަންވާނީ ކައުންސިލްގެ މެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްގެންނެވެ. އަދި ސަބްޖެކްޓުގައި "ކައުންސިލްގެ ލޯގޯ" މިހެން އަދި މިޢިއުލާން ނަންބަރު ހިމަނަންވާނެއެވެ. މިގޮތުން ހުށައަޅާ ލޯގޯގެ png ފައިލް، jpg , jpeg ފައިލް ހިމެނުމުގެ އިތުރުން ލޯގޯ ހެދުމަށް ބޭނުންކުރާ ޚާއްސަ ޓޫލް ( ކޮރަލްޑްރޯ، އެޑޯބީ، ޕަބްލިޝާރ، އޮޓޯކެޑް ފަދަ ) ގެ ރޯ ފައިލް ހިމަނަންވާނެއެވެ.

ލޯގޯގެ ސްޕެސިފިކޭޝަން:

ލޯގޯގެ ކުލަ:

  1. ލޯގޯގެ ކުލާގެ ގޮތުގައި ކައުންސިލުން ފާސްކޮށްފައިވަނީ ކައުންސިލްގެ ރަސްމީ ދެކުލައެވެ. ( C:60, M:60 Y:0, K:0 ) ނަމަވެސް އެކި ރޭންޖްތަކުން މި ދެކުލަ ރަމްޒުކޮށްދޭ ކުލަ ކޯޑުތައް ނެގިދާނެއެވެ.
  2. ލޯގޯގެ ކުލަ މިހެން ނިންމާފައިވީނަމަވެސް ގުދުރަތީ ތަންތަނާއި ތަކެތި އެ ތަކެތީގެ ކުލައިގާ ރަމްޒުކުރުން މައްސަލައެއް ނެތެވެ.
  3. ލޯގޯގެ ބޯޑަރ، ސްޓަރޯކްތައް، އައުޓްލައިންތައް، ލޭޔަރުތައް ފަދަ ބައިތައް ހުންނަންވާނީ ކައުންސިލުން ފާސްކޮށްފައިވާ ދެކުލަ ރަމްޒުކޮށްދޭ ކުލަތައް ހިމެނިފައެވެ. އިތުރުކުލަތައްވެސް މިތަފްޞީލުތަކުގައި ހިމެނުމަކީ ކުރެވިދާނެ ކަމެކެވެ.

ލޯގޯގެ ތީމް:

  1. ބިލެތްފަހީގެ ސަގާފަތް ރަމްޒުކޮށް ބިލެތްފަހީގެ ގުދުރަތީ ރީތިކަން ހިމަނަންވާނެއެވެ. އަދި ލޯގޯ ފަރުމާކުރުމުގައި ދިވެހިވަންތަކަމަށް އިސްކަންދޭންވާނެއެވެ.

ލޯގޯގެ ނަން އަދި އިތުރު ތަފްޞީލް:

  1. ލޯގޯގައި "މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ" ރަމްޒުކުރާ ( ބިލެތްފަހީ ކައުންސިލް ، Bileiyfahi Council ) ، ށ.ބިލެތްފަހީ ކައުންސިލް (Sh.Bileiyfahi Council  ) މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލް ( Secretariat of the Bileiyfahi Council, North Miladhunmadulu ) ދިވެހި  އަދި އިނގިރޭސި އަކުރުން ނަން ލިޔެވިދާނެއެވެ. އިނގިރޭސި އަކުރުން ލިޔުމުގައި ކެޕިޓަލް އަކުރު ބޭނުންކުރުން މައްސަލައެއް ނެތެވެ. ލޯގޯގެ ކޮންމެ ހިސާބެއްގައި ނުވަތަ ކޮންމެ އޮރިއެންޓޭޝަން އެއްގައިވެސް ނަން ލިޔެވިދާނެއެވެ. ނަން ލިޔުމުގައި ތަފާތު އަދި ރީތި ޑިޒައިންތަކުގެ ފޮންޓް ހިމެނިދާނެއެވެ.
  2. ލޯގޯގެ ސައިޒް 3 އިންޗި 3 އިންޗިއަށްވުރެ ބޮޑުވެގެން ނުވާނެއެވެ. އަދި މިކައުންސިލުން ބޭނުންވާ ސައިޒްއަކަށް ފިކްސް ކުރެވޭގޮތައް ހުންނަންވާނެއެވެ.

    ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލުން ކަނޑައަޅާ މިންގަޑުތަކާއި ހިމަނަންބޭނުންވާ ސިފަތަކާއި އެކު 07 ދުވަސްތެރޭގައި ލޯގޯހަދާ މިކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ. އަދި ކައުންސިލުން ހިޔާރުކުރާ އެންމެ ރީތި، ރަނގަޅު ލޯގޯއަކަށް އިނާމެއް ދެވޭނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

19 ޑިސެންބަރު 2021
ހޯދާ