ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ލ.ގަން)

މި ކޯޕަރޭޝަންގެ ލ.ގަން ރީޖަނަލް އޮޕަރޭޝަން ސެންޓަރުގެ ތިރީގައި މިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

 ހެޑް އޮފް އޮޕަރޭޝަންސް

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން

 ހެޑް އޮފް އޮޕަރޭޝަންސް

އަސާސީ މުސާރަ:

 މަހަކު 15000.00ރ އާއި 13000.00ރ ދެމެދު

 އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ލ.ގަން ރީޖަނަލް އޮޕަރޭޝަން ސެންޓަރ

ފެންވަރު ނުވަތަ ޝަރުތު:

މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތު ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން، އޭގެ އިތުރުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅޭދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ރީޖަނަލް އޮފީސް ހިންގުމުގައި މެނޭޖްމަންޓް އަށް އެހީތެރިވެދިނުން.

އޮފީހުގެ އެންމެހާ މަސައްކަތްތައް ރާވާއި ހިންގުން.

އެއިރެއްގައި މަސައްކަތް ހިނގާ ސައިޓްތަކަށް ގޮސް މަސައްކަތް ހިނގާނުހިނގާގޮތް ޗެކްކޮށް ހެޑް އޮފީހާއި އާއި ހިއްސާ ކުރުން.

އޮފީހުގެ މަސައްކަތްތަކާއި ގުޅިގެން ތައްޔާރު ކުރަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރު ކުރުން.

- އޮފީހުގެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒު ކުރުމާއެކު މަސައްކަތްތައް ނިންމަން ކަނޑައަޅާފައިވާ ސުންގަޑިއަށް މަސައްކަތްތައް ނިންމުމުގެ މަސައްކަތް ރާވާ ހިންގުން.

މަޤާމް: 

 އޮޕަރޭޝަން އޮގަނައިޒަރ

ބޭނުންވާ ޢަދަދު:

 04 (ހަތަރެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އޮޕަރޭޝަން އޮގަނައިޒަރ

އަސާސީ މުސާރަ:

 މަހަކު 8000.00ރ އާއި 9000.00ރ ދެމެދު

 އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ލ.ގަން ރީޖަނަލް  އޮޕަރޭޝަން ސެންޓަރ

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3-0 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 8-5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ޙަވާލުކުރާ އެކި ޕްރޮޖެކްޓްތައް ސުޕަވައިޒުކޮށް މަސައްކަތްތައް ހިނގާ ނުހިނގާގޮތުގެ ތަފްސީލު ވެރިންނާއި ހިއްސާކުރުން.

ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުން. އަދި މަސައްކަތަށް ބޭނުންވާ ސާމާނު ވަގުތަށް ސައިޓަށް ލިބިފައިވޭތޯ ކަށަވަރުކުރުން.

ވެރިންގެ އިރުޝާދާއި އެއްގޮތަށް ސައިޓްގައި ކުރާ މަސައްކަތްތައް ނިންމާ ރިޕޯޓް ކުރަންޖެހޭ ފަރާތަކަށް ރިޕޯރޓްކުރުން.

ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ގެންދާގޮތް މޮނިޓަރ ކުރުން.

މަސައްކަތައް ބޭނުންވާ މީހުންނާއި ތަކެތި ޝެޑިލްކުރުން.

ސައިޓްގައި ކުރާ މަސައްކަތްތަކާއި ގުޅިގެން ހަދަންޖެހޭ ރިޕޯޓްތައް ދުވަހުން ދުވަހުން ހަދާ ހަމަޖެހިފައިވާ އުސޫލުން ފައިލްކޮށް ބެލެހެއްޓުން.

މަޤާމް:

 އެޑްމިން އޮފިޝަލް

ބޭނުންވާ އަދަދު:

 02 (ދޭއް)

މަޤާމުގެ ގިންތި

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެޑްމިން އޮފިޝަލް - ގްރޭޑް 4

އަސާސީ މުސާރަ:

 މަހަކު -/3600 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/1440 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ލ.ގަން ރީޖަނަލް  އޮޕަރޭޝަން ސެންޓަރ

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މުވައްޒަފުންނާ ގުޅުން ހުރި އެންމެހާ މަސައްކަތްތައް ކުރުން.

-  އޮޕަރޭޝަން ސެންޓަރުގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.

- ހެޑް އޮފީހަށް ފޮނުވާ ލިޔެކިއުންތައް ތައްޔާރުކޮށް ފޮނުވުން (މެއިލްކުރުން).

- އޮފީހުގެ މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކުރުން.

މަޤާމް:

 ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު:

 13 (ތޭރަ)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 ސަޕޯޓް ސާވިސް - ގްރޭޑް 5

އަސާސީ މުސާރަ:

 މަހަކު -/3500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/1400 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ލ.ގަން ރީޖަނަލް  އޮޕަރޭޝަން ސެންޓަރ

ފެންވަރު ނުވަތަ ޝަރުތު:

- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމް ފެންވަރުހުރި މީހަކު ކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އޮޕަރޭޝަން ސެންޓަރުގައި ކުރަންޖެހޭ އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުން.

މެޝިނަރީއާއި ޓޫލްސް ސާފުކުރުމުގެ މަސައްކަތް ކުރުން.

ތަންތަނަށް ފޮނުވަންޖެހޭ އެކިބާވަތުގެ ތަކެތި ވެހިކަލަށް އަރުވާ ބޭލުން.

މަސައްކަތްކުރާ ސަރަޙައްދު (ގޯތިތެރެއާއެކު) ސާފުކޮށް ބެލެހެއްޓުން.

މިކޯޕަރޭޝަނުން ދައްކާ ތަފާތު އެކި ލޭބަރ މަސައްކަތްތައް ކުރުން.

ސުންގަޑި:

- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 26 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ މެއިލް [email protected] އަށް ފޮނުވަންވާނެއެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

 މި މަޤާމުތަކަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖަނަވަރީ މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                   14 ޖުމާދަލްއޫލާ 1443    

 

18 ޑިސެންބަރު 2021
ހޯދާ