މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕް 2022/2023 (ޗައިނާގައި ހުންނަ ރާއްޖެ އެމްބަސީ މެދުވެރިކޮށް ލިބިފައިވާ ފުރުޞަތު)

ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕް 2022/2023

(ޗައިނާގައި ހުންނަ ރާއްޖެ އެމްބަސީ މެދުވެރިކޮށް ލިބިފައިވާ ފުރުޞަތު)

ޗައިނާ

ޤައުމު:

2 ބެޗްލަރސް ޑިގްރީ

2 މާސްޓަރސް

2 ޕީ.އެޗް.ޑީ

ކޯހުގެ އަދަދު އަދި ލެވެލް:

ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން އޮފަރކުރާ ދާއިރާތައް (ދާއިރާތައް އެނގޭނެ ލިޔުން މިއިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.)

ކޯހުގެ ދާއިރާ:

 

ބެޗުލަރސް ޑިގްރީ

1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.

2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. ނުވަތަ

3. ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

4. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ. 

ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

ނ. TOEFL 550 އިން ފެށިގެން މަތި.

ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

5. އެމްބީބީއެސް އަށް ކުރިމަތިލާ ކެންޑިޑޭޓުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އިން ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވުން.

6. 28 ފެބްރުވަރީ 2022 އަށް އުމުރުން 25 އަހަރުވެފައިނުވުން.  

 

މާސްޓަރސް

1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.

2. 28 ފެބްރުވަރީ 2022 ގެ ނިޔަލަށް އުމުރުން 35 އަހަރުވެފައިނުވުން.

 

ޕީ.އެޗް.ޑީ

  1. ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން.

2. 28 ފެބްރުވަރީ 2022 ގެ ނިޔަލަށް އުމުރުން 40 އަހަރުވެފައިނުވުން.

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

 

1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 (ދޭއް) އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 (އެކެއް) އަހަރު

2. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4. މެޑިސިން ދާއިރާއަށް ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ކަން އަންގައިދޭ ލިޔުން.

5. ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

6. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.

7. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

8. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި

 

- މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓުންނާއި، ތިރީގައިވާ ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

https://www.campuschina.org/content/details3_74776.html

 

- ކެންޑިޑޭޓުން ކިޔަވަންދާން ކަނޑައެޅޭ ޔުނިވަރސިޓީއެއް އެނގޭނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން ޕްލޭސްމަންޓް ހަމަޖެހުމުންނެވެ. އަދި މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ޔުނިވަރސިޓީ ގެ ފަރާތުންނެވެ.

- މާސްޓަރސް އަށް ކުރިމަތިލާ ކެންޑިޑޭޓުން ކިޔަވަންޖެހޭ ބަހެއް ކަނޑައެޅޭނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލްއިން ޕްލޭސްމަންޓް ފޮނުވުމުންނެވެ. ޕްލޭސްމަންޓް ލިބޭ ޔުނިވަރސިޓީގެ ގޮތުން ބައެއް ފަހަރު މުޅި ކޯސް ޗައިނީޒް ބަހުންވެސް ކުރިއަށް ގެންދަން ޖެހިދާނެއެވެ. ޗައިނީޒް ބަހުން ކޯސް ފުރިހަމަ ކުރައްވަން ޖެހޭކަމުގައިވަނީނަމަ 1 ނުވަތަ 2 އަހަރު ދުވަހުގެ ޗައިނީސް ލެންގްއޭޖް ކޯހެއް ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

- ޗައިނާގެ އިންސްޓިޓިއުޓްތަކުން ހެދެން ހުރި އެކި ޕްރޮގްރާމްތަކާއި ޕްރޮގްރާމް ހިންގާނީ ކޮންބަހަކުންކަން އެނގޭފަދަ މުހިންމު މަޢުލޫމާތު ތިރީގައިވާ ލިންކް އިން ލިބެން ހުންނާނެއެވެ.

http://www.campuschina.org

- މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، ޗައިނީޒް ސްކޮލަރޝިޕްގެ އޮންލައިން އެޕްލިކޭޝަން ފުރަން ޖެހިވަޑައިގަންނަވާނެއެވެ. ޗައިނީޒް އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

- މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން، މެޑިކަލް އިންޝުރެންސް އަދި ސްޓައިޕެންޑް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. (ލިބޭ އެލަވަންސްތަކުގެ ތަފްސީލް ވެބްސައިޓްގައި އަޕްލޯޑުކުރެވިފައިވާ ކޯހާއިބެހޭ އިތުރު މަޢުލޫމާތު ޝީޓްގައި ހިމެނިފައިވާނެއެވެ.) އެހެން ޚަރަދުތައް ހަމަޖައްސަންޖެހޭނީ ކެންޑިޑޭޓުން އަމިއްލައަށެވެ.

- ކޮވިޑް19 ގެ ބަލިމަޑުކަމާއި ގުޅިގެން ޗައިނާގެ ބޯޑަރުތައް ބަންދު ކޮށްފައިވާތީ، ޗައިނާގެ ބޯޑަރު ހުޅުވެންދެން މިސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުން ކިޔަވާނީ އޮންލައިންކޮށެވެ. އަދި މިސްކޮލަރޝިޕްގެ ދަށުން ސްޓައިޕެންޑް ދިނުމަށް ހަމަޖެހިފައިވަނީ ޗައިނާއަށް ކެންޑިޑޭޓުން ދިއުމުންނެވެ.

- މި އިޢުލާނާއި ގުޅިގެން ކޯހަށް ހުށަހަޅުއްވާ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅުއްވަންވާނީ އެންމެ ކޯހަކަށެވެ.

- އެޕްލިކޭޝަން ހުށަހަޅާ ކޯހާއި، ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ކޯހެއްތޯ ކަށަވަރު ކުރައްވަންވާނެއެވެ.

- ކޯހަށް އެދި ހުށަހަޅުއްވާ ކެންޑިޑޭޓަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރުގެ ކޯހެއް ފުރިހަމަކުރާ ކެންޑިޑޭޓަކަށްވެގެން ނުވާނެއެވެ.

- ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓަކަށް މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަނޭޅޭނެއެވެ.

- އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

- މި މިނިސްޓްރީ ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑިޕޯލްޓެއް ނެތި އެލޯނެއް ގަވާއިދުން އަނބުރާ ދައްކަމުންދާ ފަރާތަކަށް ފުރުޞަތު ދެވޭނީ، ޑިފޯލްޓެއްނެތި ގަވާއިދުން ލޯން ދައްކާ ފަރާތްތަކުގެ ތެރެއިން، ކުރިން ކިޔެވި ލެވަލްއަށްވުރެ މަތީ ލެވަލްއެއްގެ ކޯހެއް ކިޔެވުމަށާއި، އަދި ކޯހުގައި ކިޔަވާ މުއްދަތުގައިވެސް، ގަވާއިދުން ލޯނު ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަން ލިޔުމުން ހުށަހަޅާ ފަރާތްތަކަށެވެ.

- މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ކެންޑިޑޭޓަކަށް ހޯދައެއް ނުދެވޭނެއެވެ.

- މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި ވާނެއެވެ.

- ބެޗްލަރސް ޑިގްރީ ކޯސްތަކަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެޗް.އެސް.ސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ.

- ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ ކޯހަށް ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓު ހޮވުމުގައި އިސްކަންދޭނީ ބެޗްލަރސް/މާސްޓަރސް ޑިގްރީ ނިންމުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތުގެ ދިގުމިނަށެވެ.

- ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މިމިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

- އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

- ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް ސެޓްފިކެޓްގެ ބަދަލުގައި ހުށަހަޅާނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ.

- ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.

- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

- ކޯހަށް ހޮވޭ ފަރާތްތަކާއި މި މިނިސްޓްރީއާއިމެދު ވެވޭ އިޤްރާރާއި އެއްގޮތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރަންވާނެއެވެ.

- ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 (ހައެއް) މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

- ކޯހަށް ނޮމިނޭޓްވެއްޖެކަން މިމިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައިފިނަމަ، "މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

- "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

- އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

- ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިން ކްރައިޓީރިއާއި، ނޭޝަނަލް ޓްރެއިނިންގް ނީޑްސް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުގެ ރިސޯސަސް ޓެބުން ލިބެން ހުންނާނެއެވެ.

އިތުރު      މަޢުލޫމާތު:

ސުންގަޑި: 10 ޖެނުވަރީ 2022 ވާ ހޯމަ ދުވަހު 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026941 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

16 ޑިސެންބަރު 2021
ހޯދާ