ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 23 ވަނަ ޖަލްސާގެ ނިންމުން

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 32

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

15 ޑިސެމްބަރ 2021

ބައްދަލުވުން ބޭއްވި ގަޑި:

11:15

 

ނިންމުންތައް

  1. ބަންޑާރަ ގޯތިތަކުގެ ކަންވަށްކުރުމަށް ފައުންޑޭޝަން އެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް އެންގުމަށާއި ގޯތިތަކުގެ ކަންވަށްކުރުމާއިގުޅޭ އުސޫލެއް ކައުންސިލްއިދާރާއިން އެކުލަވާލައި އާއްމުކުރުމަށް ނިންމުނު.
  2. 2022 ވަނަ އަހަރު ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް 2021 ވަނަ އަހަރު ކުރަމުން އައިއުސޫލުން ކުރުމަށާއި އަލަށް އިތުރުކުރެވޭ ސަރަހއްދުތައް ހުރުމުން ޖުމްލަ 16000 (ސޯޅަހާސް) ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް ނިންމުނު.
  3. ސަރުކާރުގެ ރަސްމީ އިދާރާތަކާއި ބައްދަލުކުރުމަށް ކައުންސިލުން މާލެދިއުމަށާއި ކައުންސިލަރުންނައް އަމިއްލަ ހަރަދު މާލެދަތުރުގައި ބައިވެރިވުމަށް ފުރުސަތުދިނުމަށާއި އަދި 2022 ވަނަ އަހަރުގެ ޖަނަވަރީ 2 ވަނަ ހަފްތާއަށް އިދާރާތަކުގެ އެޕޮއިންޓަމަންޓްތަކަށް އެދުމަށް ނިންމުނު.

 

އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

15 ޑިސެންބަރު 2021
ހޯދާ