ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ރަޖިސްޓަރީ ކުރުމާއި ގުޅޭ

ކުޅުދުއްފުށި ސިޓީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތަކުގެ ރަޖިސްޓަރީ ހައްދާފައިނުވާކަން ވަނީ ފާހަގަކުރެވިފައެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1/2002) ގެ ދަށުން ހަދާފައިވާ "ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓަރީ ކުރުމާބެހޭ ޤަވާއިދު"ގެ 5 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން ދިރިއުޅުމަށް ގޯތިދޫކުރާތާ 1 އަހަރު ދުވަހު ތެރޭގައި މި ޤަވާއިދުގެ 6 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަކޮށް ގޯތި ރަޖިސްޓަރީ ކުރަން ހުށަހަޅަންޖެހޭނެއެވެ.

ވީމާ،  ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ރަޖިސްޓަރީ ނުކޮށްހުރި ގޯތިތައް ރަޖިސްޓަރީ ހެއްދުމަށް މިއަދުން ފެށިގެން 4 މަސް ތެރޭގައި މި އިދާރާއަށް ހުށަހެޅުމަށް ގޯތި ދޫކޮށްފައިވާ ފަރާތްތަކަށް އަންގަމެވެ. މި އެންގުމާ އެއްގޮތަށް އަމަލުކުރަމުންނުދާ ފަރާތްތަކާއި މެދު ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އަމަލު ކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.

16 ޑިސެންބަރު 2021
ހޯދާ