މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ކުންފުނިން ކުރި ނަންބަރު MFMC/I/2021/17 އިޢުލާނަށް އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، މިކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ބޭނުމަށް ލ. ކަލައިދޫގައި އިމާރާތެއް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 03 ވަނަ ފަހަރަށް ފުރުސަތު ހުޅުވާލަމެވެ.

 

ބިޑުގައި ރަޖިސްޓްރީ ކުރުން އަދި މަޢުލޫމާތު ސާފު ކުރުން

  • 20 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިމިވާ ލިންކު މެދުވެރިކޮށް.

                             https://forms.office.com/r/iaq6633rCD   

އަންދާސީ ހިސާބު ބަލައިގަތުމާއި ބިޑު ހުޅުވުން

  • ބިޑު ހުޅުވުން އޮންނާނީ 22 ޑިސެމްބަރ 2021 ވަނަ ދުވަހު 11:00 ގައި އެމް،އެފް،ސީ ކެޕިޓަލް، ހެޑް އޮފީސް (ހ. އޯކިޑް 9 ވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައެވެ).

     

ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

16 ޑިސެންބަރު 2021
ހޯދާ