މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޅަދޫ ކައުނސިލްގެ އައު އޮފީސް އިމާރަތް އެޅުމާއި ބެހޭ

 

                                                     ނަންބަރ: (IUL)323/323/2021/34

 

   އިޢުލާން

 

                     މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އައު އޮފީސް އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު އިޢުލާން (IUL)323/323/2021/31) 22 ނޮވެމްބަރ 2021( އިއުލާނަށް އަގު ހުށަހަޅުއްވާފައިވާ ފަރާތުން  ހުށަހަޅާފައިވާ އަގު ބޮޑު ވުމާއި ގުޅިގެން އަލުން އެކަން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                  މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް، 15 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުން ފެށިގެން 20 ޑިސެމްބަރ 2021  ވާ ހޯމަ ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި އޮންލައިން މީޓިން މެދުވެރިކޮށެވެ.

                  މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 26 ޑިސެމްބަރ 2021 ވާ  އާދިއްތަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                               11 ޖުމާދުލްއައްވަލް 1443

15 ޑިސެމްބަރ 2021

 

15 ޑިސެންބަރު 2021
ހޯދާ