މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ާއޭ.ޓީ.އެމް އެއް އެޅުމަށް ދޫކޮށްފައިވާ ބިމާއި ގުޅޭ

 ބޭންކްއޮފް މޯލްޑިވްސް އިން އޭ ޓީ އެމް ގެ ޚިދުމަތް ދިނުމަށްޓަކައި 900 އަކަފޫޓުގެ ބިމެއް ކުއްޔަކާއި ނުލައި ދިނުމަށާއި ބިމެއް ކަނޑައެޅައި އަންގަވައި ދެއްވުމަށް އެދިފައި ވުމުން އޭ.ޓީ އެމް އެޅުމަށް ބޭންކް އޮފް މޯލްޑިވްސް އަށް ހަމަޖައްސައިދީފައިވަނީ ސްޓޭޖް ސަރަހައްދުކަމުން އެބޭނުމަށް ދޫކުރާ ބިމުގެ އަކަފޫޓް ހަމަވަނީ ސްޓޭޖުން ބައެއް ހިމަނައިގެން ކަމުގައިވާތީވެ ސްޓޭޖު ގައި އެއްވެސް މީހެއްގެ މުދަލެއް ހުރިނަމަ 15 ޑިސެންބަރ 2021 ން ފެށިގެން 7 ދުވަހުގެ ތެރޭގައި ކައުންސިލަށް ދުރުވެ އެތަކެއްޗާއި ޙަވާލުވުމަށް ދެންނެވީމެވެ. މިމުއްދަތުގެތެރޭގައި މުދަލާއި ޙަވާލު ނުވެއްޖެނަމަ އެ ތަނުގައި އެއްވެސް މީހެއްގެ މުދަލެއް ނެތީކަމުގައި ބަލާ 24 ޑިސެންބަރ 2021 ވާ ހުކުރު ދުވަހުގެ 14:00 ގައި އެ ޢިމާރާތް ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޢިމާރާތް ނީލަމުން ނަންގަވާ ފަރާތުން ޢިމާރާތް ނަގާ ބިން ސާފުކުރުމަށްފަހު 7 ދުވަހުގެ ތެރޭގައި ކައުންސިލާއި ބިން ހާވާލު ކުރަންވާނެއެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

15 ޑިސެންބަރު 2021
ހޯދާ