ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ސިއްކަ (ލޯގޯ) އަދި ދިދަ ފަރުމާކުރުމާ ގުޅޭ

އިޢުލާން

ކައުންސިލްގެ ސިއްކަ (ލޯގޯ) އަދި ދިދަ ފަރުމާކުރުމާ ގުޅޭ:

ހދ.މަކުނުދޫ ކައުންސިލް އިދާރާގެ ރަސްމީ ސިއްކަ (ލޯގޯ) އަދި ދިދަ ފަރުމާކޮށް ހުށައެޅުމަށް 22 އޮގަސްޓުގައި ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ އަލުން ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން ހުށައެޅޭ ލޯގޯއާއި ދިދައިގެތެރެއިން، މިކައުންސިލުން ހޮވާ އެންމެ ރީތި ލޯގޯއާއި ދިދަ ހުށަހަޅުއްވާ ފަރާތަށް 4000ރ (ހަތަރުހާސްރުފިޔާ) ދިނުމަށް ވާނީ ހަމަޖެހިފައެވެ.

ވީމާ، މިކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ޑިސެމްބަރ 23 ވަނަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން  [email protected]އަށް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކައުންސިލް މެމްބަރ މުޙައްމަދު ޝައްމާޚް ނަމްބަރ  9835643 ފޯނަށް ގުޅުއްވައިގެން

15 ޑިސެންބަރު 2021
ހޯދާ