ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރިސޯސް ސެންޓަރގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

                        އޮޅުވެލިފުށި އަންހެނުންގެ ތަރަށްޤީއަށް މަސައްކަތް ކުރާކޮމިޓީން ހިންގަމުންގެންދާ ރިސޯސް ސެންޓަރގެ ބައެއް މަރާމާތުކުރުމަށް  ބޭނުންވެއްޖެއެވެ.

                        ވީމާ މިސައްކަތްތައް މިކައުންސިލުންދޭ މަޢުލޫމާތައި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް  ޝައުޤްވެރިވާ ފަރާތްތަކުން މިކައުންސިލްގައި ރަޖިސްޓަރީ ވުމުގެ ފުރުޞަތު ހުޅުވާލަމެވެ.  ރަޖިސްޓަރީވުމާއި ބިޑު ފޯމް ދޫކުރުން އޮންނާނީ 15 ޑިސެމްބަރ 2021 ން 21 ޑިސެމްބަރ 2021 ގެ 11:00 ގެ  ނިޔަލަށެވެ.

                        މި މަސައްކަތަށް ބިޑުހުށަހެޅުން އޮންނާނީ 23 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ. މިމަސައްކަތަށް ބިޑްހުށަ އަޅާއިރު އިކޮނަމިކް މިނިސްޓްރީގައި ރަޖިސްޓަރ ކޮށްފައިވާ ކުންފުންޏެއްނަމަ  ކުންފުނީގެ ރެޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ބިޑް ހުށަހެޅުމަށް ޙާޟިރުވަނީ ވެރިފަރާތް ނޫންނަމަ ޙާޟިރުވަނީ ކާކުކަން އެނގޭގޮތަށް ލިޔެފައިވާ ވެރިފަރާތުގެ ސިޓީއެއް ހުށަ ހަޅަންވާނެއެވެ.

                        މިމަސައްކަތްކުރުމަށް ޝައުޤްވެރިކަން ފާޅުކޮށް މިކައުންސިލް އިދާރާގައި ރަޖިސްޓަރީކޮށްފައިނުވާ އެއްވެސް ފަރާތެއްގެ ބިޑް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                         15 ޑިސެމްބަރ 2021

15 ޑިސެންބަރު 2021
ހޯދާ