މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ކޮވިޑް އިމްޕެކްޓް ސަރވޭ (ދެވަނަ ބުރު) 2021

އިޢުލާން

 

ކޮވިޑް އިމްޕެކްޓް ސަރވޭ (ދެވަނަ ބުރު) 2021  

މިބިއުރޯގެ ފަރާތުން 2019/2020ގައި ކުރެވުނު "ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ"، )ހަޔަސް( 2019ގެ އެކްސްޓެންޝަންއެއްގެ ގޮތުގައި މިއަހަރު މާރިޗް މަހުގައި ކުރިއަށް ގެންދެވުނު "ރެޕިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް"ގެ 2 ވަނަ ބުރުގެ ސަރވޭ މިޑިސެމްބަރ މަހު ކުރިއަށް ގެންދެވޭނެއެވެ. މި ސަރވޭ ކުރެވޭނީ މިއަހަރުގެ މާރިޗް މަހުގައި ކޮވިޑް އިމްޕެކްޓް ސަރވޭ ކުރެވިފައިވާ 600 ގޭބިސީއަށެވެ. މި 600 ގޭބިސީއަކީ 2019 ގައި ކުރެވިފައިވާ ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭގެ ތެރެއިން ހޮވިފައިވާ ގޭބިސީތަކެކެވެ. މި ސަރވޭ ކުރެވޭނީ ފޯނު މެދުވެރިކޮށެވެ. ވީމާ މިސަރވޭ ކުރެވޭނެ ވާހަކަ އާންމުކޮށް އިއުލާން ކުރަމެވެ.

މިސަރވޭކުރުމަށް މިހިނގާ ޑިސެމްބަރު މަހުގެ 16 އިން 23 އާއި ހަމައަށް ކޮންމެ ދުވަހަކުވެސް ހެނދުނު 8:30 އިން 18:00 އާއި ދެމެދު މައުލޫމާތު ނެގުމަށްޓަކައި ގުޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. މިސަރވޭ ގައި ގުޅަމުންދާނީ މިބިއުރޯގެ ނަންބަރު 1423 އިންނެވެ.

މިސަރވޭއަކީ ގާނޫނު ނަންބަރ: 2021/16 "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު 2021"ގެ ދަށުން ހުއްދަލިބިގެން ކުރެވޭ ސަރވޭއެވެ. މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. މިގާނޫނުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.

މިސަރވޭއަށް އާއްމުންގެ ފުރިހަމަ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވާނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ. އަދި މިހާތަނަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

15 ޑިސެންބަރު 2021
ހޯދާ