ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އިންޑޯރ ޖިމް ކުއްޔަށް ދޫކުރުން

 

ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް، އިންޑޯރ ކްރިކެޓް ހޯލްގެ ފުރަތަމަ ބުރީގައިވާ ޖިމް ކުއްޔަށް ދޫކޮށް، ހިންގާނެ ފަރާތެއް ހޯދުމަށްއެދި އިއުލާންކުރަމެވެ.

ވީމާ ޖިމް ހިންގެވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:30 އަށް ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ އޮފީހަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 26 ޑިސެމްބަރ 2021ވާ އާދިއްތަ ދުވަހުގެ 13:30 ގައި ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް އަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައަޅެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ލިބޭނީ މައުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

އީމެއިލް: [email protected]

15 ޑިސެންބަރު 2021
ހޯދާ