ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކާއި މަގުފަޅި ސާފުކުރުމާއި،މަގުތަކުގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމާއި ގުޅޭ

ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކާއި އެގޯތިތަކާއި އިންވެގެން ހުރި މަގުތައް ސާފުކޮށް ބަލަހައްޓަމުން ނުދާކަމާއި ބައެއް މަގުތަކުގައި ހުއްދަ ހޯދުމެއްނެތި ތަކެތި ބަހައްޓަމުންދާކަން ވަނީ މި އިދާރާއަށް ފާހަގަ ކުރެވިފައެވެ. ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމުގައި ގޯތިތެރެއާއި ގޯއްޗާއި އިންވެގެން އޮންނަ މަގުތައް ކުނިކަހައި، ވިނަނޮޅައި ސާފުކޮށް ބަލަހައްޓަންވާނެކަމަށް ޝަރުތުކުރެވިފައިވެއެވެ. އަދި ގޯތި ދޫކުރުމުގައި ކޮށްފައިވާ ޝަރުތުތަކާއި ޚިލާފްވާނަމަ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކުގެ ދަށުން، ކަމާބެހޭ ސަރުކާރުގެ އިދާރާއަކަށް އެ ގޯތި ވަކިކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. 

              އެހެންކަމުން ދިރިއުޅުމަށް ގޯތި ދޫކުރެވިފައިވާ ފަރާތްތަކުން، ގޯތި ދޫކުރެވުނުއިރު ކޮށްފައިވާ ޝަރުތުތަކާއެއްގޮތަށް ގޯތިތެރެއާއި ގޯއްޗާއި ގުޅިފައިވާ މަގުތައް ވިނަނޮޅައި ކުނިކަހައި ސާފުކުރުމަށް އަންގަމެވެ. އަދި މަގުގައި ތަކެތި ބަހައްޓައިގެން  މަސައްކަތް ކުރަންޖެހޭ ޙާލަތުގައި އެކަމަށް ކައުންސިލްގެ ހުއްދަ ހޯދުމަށް އަންގަމެވެ.

ވީމާ، 31 ޑިސެންބަރު 2021 ގެ ކުރީން ގޯތިތަކާއި އެގޯތިތަކާއި އިންވެގެން ހުރި މަގުތައް ސާފުކޮށް ، މަގުމަތީގައި އެކިއެކި ފަރާތް ތަކުން ބަހައްޓާފައި ހުރި ތަކެތި ނެގުމަށް އަންގަމެވެ.

14 ޑިސެންބަރު 2021
ހޯދާ