މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިކަހިޔާ ބިމުން 600 އަކަފޫޓް ކުއްޔަށް ދިނުމާއި ގުޅޭ

                                                                                                  ނަންބަރ: 33/2021/323/323(IUL)

އިޢުލާން

ނިކަހިޔާ ބިމުން 600 އަކަފޫޓް ކުއްޔަށް ދިނުމާއި ގުޅޭ.

 

              މިރަށުގައި އެކަމޮޑޭޝަން ބްލޮކް އަޅާފައިވާ (ނިކަހިޔާ / ބ. ފުޅަދޫ) ބިމުން 600 އަކަފޫޓް ކުދި ވިޔަފާރި ކުރުމަށްޓަކައި،  ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މި ބިން ކުއްޔަށް ދޫކުރާގޮތަށް ނިންމާފައިވަނީ 1 އަހަރު ދުވަހުގެ މުއްދަތަށް، ދެފަރާތުން ބޭނުންވާނަމަ އަހަރުން އަހަރަށް އެގްރިމެންޓް އާކުރާގޮތަށެވެ. އަދި ބިމުގައި ދާއިމީ އެއްވެސް ބިނާއެއް ނުހެދޭގޮތަށެވެ.

            މި ބިން ކުއްޔަށް ނެގުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކަށް، ހުށަހެޅުއްވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް  60/- (ފަސްދޮޅަސް) ލާރިއެވެ.

            ވީމާ މިބިމަށް އެދިލައްވާ ފަރާތްތަކުން 22 ޑިސެންބަރ 2021 ވާ ބުދަ ދުވަހުގެ 1:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 22 ޑިސެންބަރ 2021 ވާ ބުދަ ދުވަހުގެ 1:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                            10 ޖުމާދަލްއޫލާ 1443

                               14   ޑިސެންބަރ  2021

14 ޑިސެންބަރު 2021
ހޯދާ