ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ގެމަނަފުށީގައި އަލަށް ގާއިމް ކުރެވޭ ވޮލީކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:

ގއ.ގެމަނަފުށީގައި އަލަށް ގާއިމް ކުރެވޭ ވޮލީކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:

         ގއ.ގެމަނަފުށީގައި އަލަށް ގާއިމްކުރެވޭ ވޮލީކޯޓުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް 29 ޑިސެމްބަރ 2021 ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެކަން އަންގަވައިދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7916609 އަށް ގުޅުއްވުން އެދެމެވެ.

         މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 04 ޖެނުއަރީ 2022  ގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމުގައި ބައިވެރިވުމަށް އެދުނު ފަރާތްތަކަށް މީޓިންގައި ބައިވެރިވެވޭނެއެވެ. އަދި ޕްރީބިޑް މީޓިންގައި ބައިވެރި ނުވިނަމަވެސް ބިޑް ސަބްމިޓް ކުރެވޭނެއެވެ.

         މިމަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 16 ޖެނުއަރީ 2022  ގެ 10:00  ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

މަސައްކަތް ހަވާލު ކުރުމުގައި ޕޮއިންޓް ދެވޭނެގޮތުގެ އުސޫލު:

މަސައްކަތުގެ އަގަށް:  70 ޕޮއިންޓް

ތަޖުރިބާއަށް : 10 ޕޮއިންޓް

މަސައްކަތުގެ މުއްދަތައް: 10 ޕޮއިންޓް

މާލީތަނަވަސްކަމަށް: 5 ޕޮއިންޓް

ޕްރޮޕޯސަލަށް: 5 ޕޮއިންޓް

               މިހެންމެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޑިސެންބަރު 2021
ހޯދާ