އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިމަންދޫ ކައުންސިލަށް ކެރޭނެއް ސަޕްލައި ކޮށްދިނުމާއި ގުޅޭ

ހިމަންދޫ ކައުންސިލަށް ކެރޭނެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގައި ބިޑް ރެޖިސްޓަރ އާއި މަޢޫލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުންއެދެމެވެ. މިމަސައްކަތާއިގުޅޭ އިތުރުމަޢުލޫމާތު ހޯދުމަށް 7948087 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ.

މަޢުލޫމާތު ސާފުކުރުން

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 16 ޑިސެމްބަރ 2022 ވާ (ބްރާސްފަތި) ދުވަހުގެ 11:00 ގައި ހިމަންދޫ ކައުންސިލްގެ އިދާރާ ގައެވެ. މީގެ އިތުރުން ބިޑް ރެޖިސްޓަރ ކުރުމަށް މި އިދާރާގެ އީމެއިލް [email protected] އަށް މެއިލް ކޮށް ނުވަތަ 7948087 އަށް ގުޅާ 16 ޑިސެމްބަރ 2022 ވާ ބްރާސްފަތި ދހުވަހުގެ 11:00 ގެ ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 ޑިސެމްބަރ 2021 ވާ (ބުދަ) ދުވަހުގެ 10:00 ގައި ހިމަންދޫ ކައުންސިލް އިދާރާގައި އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ. 10:00ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ގަޑި ޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި ބިޑް ރެޖިސްޓަރ ނުކުރާ ފަރާތްތަކާއި، ދިވެހިރާއްޖޭގައި ކަމާބެހޭ ޤާނޫނުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ.

13 ޑިސެންބަރު 2021
ހޯދާ