ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2022 ވަނަ އަހަރަށް ސްކޫލް ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

2022ވަނަ އަހަރު ބ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

 

         01 ޖެނުއަރީ 2022 ން ފެށިގެން 31 ޑިސެމްބަރ 2022ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

        ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް 14 ޑިސެމްބަރ 2021 އިން 16 ޑިސެމްބަރ 2021 އަށް މިމަދަރުސާއަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ( ރަޖިސްޓްރީ ނުކުރާ ފަރާތްތައް މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.)

        ބީލަމާގުޅޭ މަޢުލޫމާތުތައް، ބީލަމުގައި ރަޖިސްޓަރ ކުރައްވާ ފަރާތްތަކުގެ އިމެއިލްއަށް ފޮނުވައި ދެވޭނެއެވެ.

        މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "2022 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.               

މައުލޫމާތު ދިނުމުގެ ސެޝަން

އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން

2021 ޑިސެމްބަރ 19 ވަނަ ދުވަހުގެ

13:00 އަށް

2021 ޑިސެމްބަރ 23 ވަނަ ދުވަހުގެ

13:00 އަށް

         މިކަމަށް އެދި ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި ސުކޫލް އޮފީހުގައި އޮންނާނެއެވެ.

މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

         މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަނގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.

         ބިޑް ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ޝެޝަންގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

          މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600034 ނަންބަރު ފޯނާއެވެ.  އީ-މެއިލް ކުރާނީ       [email protected] އަށެވެ.                                                                                               

                                     09   ޖުމާދަލް އޫލާ   1443ހ.

13 ޑިސެންބަރު 2021
ހޯދާ