މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސުކޫލު ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަން ރަޖިސްޓަރީ ކުރުމާގުޅޭ

 

c

                           

މިނިސްޓްރީ އޮފް އެޑިޔުކޭޝަން            

    މާލެ، ދިވެހިރާއްޖެ

 

                                                 ނަންބަރު: (IUL)22-E/22/2021/357

އިޢުލާން

 

ސުކޫލު ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަން ރަޖިސްޓަރީ ކުރުމާގުޅޭ

 

ޤާނޫނު ނަންބަރު: 2020/24 (ތަޢުލީމުގެ ޤާނޫނު)ގެ ދަށުން އެކުލަވާލައިފައިވާ، "ސުކޫލު ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަން ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ގަވާއިދު" ދިވެހި ސަރުކާރުގެ ގެޒެޓުގައި، 2021 ޑިސެންބަރު 13 ގައި ޝާއިޢުކުރެވުމާ ގުޅިގެން، އެ ގަވާއިދުގެ ދަށުން ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓަރީކުރުމަށް ވަނީ ފެށިފައެވެ. މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު، ރަޖިސްޓަރީނުކޮށް ހިންގަމުންދިޔަކިޔަވައިދޭ ތަންތަން، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން2 (ދޭއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންރަޖިސްޓަރީ ކުރަންވާނެއެވެ. މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްގެން ހިންގަމުންދިޔަކިޔަވައިދޭ ތަންތަން، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން20  (ވިހި) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންރަޖިސްޓަރީ ކުރަންވާނެއެވެ. މި ގަވާއިދުގެ ދަށުން ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓަރީ ކުރުމަށްޓަކައި ހުށަހަޅަންޖެހޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ވާހަކަ ދަންނަވަމެވެ. 

 

 

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

09 ޖުމާދަލްއޫލާ 1443 

13 ޑިސެންބަރު 2021

 

 

 

 

13 ޑިސެންބަރު 2021
ހޯދާ