މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

އިޢްލާން

ރުއްގަހުގެ ވެރިފަރާތް ހޯދުން

                  މިރަށު ޞިއްޙީ މަރުކަޒު ކުރިމަތީ މަގުން  ބަނދަރަށް ނިމޭތަނުން ( ބަނދަރު ސަރަޙައްދަށް ކަނޑައަޅާފައިވާ 150 ފޫޓު ފަހަތަށް ) މަގާޖެހިގެން މަގުގެ ދެކުނުފަޅިން ފެނަކަ އޮފީސް ޢިމާރާތް އެޅުމަށް ދޫކުރެވިފައިވާ ބިމުގައިހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ މަޢުލޫމާތު މިކައުންސިލަށް ބޭނުންވެއެވެ.

                  ވީމާ، އެސަރަޙައްދުގައި ހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ މަޢުލޫމާތު (ރުއްގަހުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް، މަޢުލޫމާތު ދޭ ފަރާތުގެ ނަމާއި އެޑްރެސް، ރުއްގަސްހުރި ސަރަޙައްދު އަދި ރުއްގަހުގައި ހުދު ކުލައިގެ ދަވާދުން ޖަހާފައިވާ ނަންބަރު) އެނގޭނޭހެން މިއަދުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި މި ކައުންސިލަށް ލިޔުމަކުން އަންގަވައި ދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިއަދުން ފެށިގެން 07 ( ހަތެއް) ދުވަހުގެތެރޭގައި ކައުންސިލަށް މައުލޭމާތު ނުލިބޭ ރުއްގަހުގެ ވެރިފަރާތެއް ނެތްކަމަށް ބަލައި ނައްތާލެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

13 ޑިސެންބަރު 2021
ހޯދާ