މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޓޭޑިއަމް އެޅުމަށް ހަމަޖެހިފައިވާ ބިމުގައިވާ ގަސްތައް ކަނޑައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން


ސްޓޭޑިއަމް އެޅުމަށް ހަމަޖެހިފައިވާ ބިމުގައިވާ ގަސްތައް ކަނޑައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ؛
މިއިދާރާގެ ނަމްބަރު (IUL)289/289/2021/34 އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތަކުގެ އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ސަރުކާރުން މިރަށުގައި އަޅައިދެއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ސްޓޭޑިއަމް ސަރަޙައްދުގައިވާ އެންމެހާ ގަސްތައް ކަނޑައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން؛
ތާރީޚް ގަޑި
މަޢުލޫމާތު ސާފުކުރުން 16 ޑިސެމްބަރ 2021 10:30
އަންދާސީ ހިސާބު ހުށަހެޅުން 19 ޑިސެމްބަރ 2021 10:30
ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި، މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ޖުމާދަލްޢޫލާ 1443
13 ޑިސެމްބަރ 2021

13 ޑިސެންބަރު 2021
ހޯދާ