މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

01 ޖެނުއަރީ 2022 އިން 31 ޑިސެމްބަރު 2022 އަށް އައުޓްސޯސް ކޮށްގެން މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 ޑިސެމްބަރު 21 ވާ އަންގާރަ ދުވަހު 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2021 ޑިސެމްބަރު 23 ވާ ބުރާސްފަތި ދުވަހު 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

                  މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ދެވޭނީ 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ޙާޟިރުނުވެވުނު ސަބަބާއި ފޮނުއްވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކުރާ އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި

1-      ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ވަނަވަރު)

2-      އަންދާސީ ހިސާބު (ތަފްޞީލާއެކު)

3-      ހުށަހަޅާ ފަރާތުގެ އައިޑީކާޑުގެ ކޮޕީ / ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

އަންދާސީ ހިސާބު ވަޒަންކުރުމުގައި ބެލޭނެ މިންގަނޑުތައް

1-     ހުށަހަޅާފައިވާ އަގު އެކަށީގެންވޭތޯ                (އަގަށް 70 ޕޮއިންޓް)

2-     އަންދާސީ ހިސާބު ފުރިހަމަކޮށްފައިވާ ގޮތް            05 ޕޮއިންޓް

3-     މާލީ ގޮތުން މަސައްކަތް ކުރެވިދާނެ ފެންވަރު          15 ޕޮއިންޓް

4-     މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތް ހިންގާފައިވާ ގޮތާއި މަސައްކަތުގެ ކުޑަ ބޮޑު މިން 10 ޕޮއިންޓް

 

           ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

         

13 ޑިސެމްބަރ 2021

09 ޖުމާދުލްއޫލާ 1443

13 ޑިސެންބަރު 2021
ހޯދާ