ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026-2022 ވަނަ އަހަރުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލުން

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7)ގެ 105ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސް ދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިއަށް އޮތް 5 (ފަހެއް) އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލްތަކަށް ފޮނުވަން ޖެހެއެވެ. އަދި ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، މަދުވެގެން 5 (ފަހެއް) އަހަރުގެ، ރަށުގެ ފައިނޭންޝަލް ޕްލޭން ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލައި ރަށު ކައުންސިލުން އާންމުކުރަން ވާނެކަން މި ޤާނޫނުގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ކޮވިޑް 19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނުކޮށް ލޮކްޑައުންކުރުމާއި، އަތޮޅު ތެރެއިންވެސް މިބަލި ފެނި ގިނަ ރަށްތަކެއް މޮނިޓަރިންގއަށް ލުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2-107 (ހ) ގެ ދަށުން، އަލަށް އެކުލަވާލެވުނު ކައުންސިލްތަކަށް 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޕްލޭން ނިންމުމުގައި  ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކޮށްލަމެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7)ގެ ދަށުން ކަނޑައަޅާފައިވާ ޑެޑްލައިންތައް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން ތަރައްޤީގެ ޕްލޭން އަދި ފައިނޭންޝަލް ޕްލޭން އެކުލަވާލަން ޖެހޭ ތާރީޚަކީ 2021 ނޮވެންބަރު 30 ކަމުގައި ނިންމުނެވެ.

ވީމާ، 2021 ނޮވެންބަރު 30 ގެ ނިޔަލަށް ތަރައްޤީ ޕްލޭން އަދި ފައިނޭންޝަލް ޕްލޭން (2026-2022) އެކުލަވާލާ ފާސްކޮށް މި ކައުންސިލަށް ހުށަހަޅުއްވާފައިވާ، މިއިދާރީ ދާއިރާގެ ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

  1. ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
  2. ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
  3. ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
  4. ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
  5. ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
  6. ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
  7. ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
  8. ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
  9. ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލްގެ އިދާރާ
  10. ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
  11. ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ

ދެންނެވުނު ކައުންސިލްތަކުން، އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

 

12 ޑިސެންބަރު 2021

12 ޑިސެންބަރު 2021
ހޯދާ