މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ނީލަން

މިކުންފުނީގެ (އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިވިޜަން)  ތިލަފުށި ސައިޓުގައި ބެހެއްޓިފައިހުރި 50 ވަރަކަށް ޓަނުގެ ބައުދަނގަޑު ވިއްކުމުގެ ޙާއްސަ ނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.  

1-      ނީލަން ކިއުން އޮންނާނީ 23 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހު 14:00 ގައި / އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަން، ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު )ގައެވެ.

2-       ބައުދަގަޑު  ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން 15 ޑިސެމްބަރ 2021 ވާ ބުދަދުވަހުގެ ހެދުނު 09:00 އިން 10:00 އަށް އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަން  ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގަ ) އަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށްފަހު 16 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހު ހެދުނު 9:00 އިން 11:30 ދެމެދު ތިލަފުށިސައިޓަށް ވަޑައިގެން،  7912200 ނަމްބަރަށް ގުޅުމުން  މިތަކެތި ބެލުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

3-      މި ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން، އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަން އަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްފަހު، ޙާއްސަ ނީލަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ދަންނަވަމެވެ.

4-      މި ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް -/50000ރ (ފަންސާސް ހާސް ރުފިޔާ) އެމް.ޓީ.ސީ.ސީގެ ބެންކް އޮފް މޯލްޑިވުސް އެކައުންޓް ނަންބަރ  003-100668-7701 އަށް 20 ޑިސެމްބަރ 2021 ވާ ހޯމަދުވަހުގެ ހެދުނު 9:00 އާއި 11:00 ދެމެދު ޖަމާކުރަން ވާނެއެވެ. އަދި 20 ޑިސެމްބަރ 2021 ވާ ހޯމަދުވަހުގެ  11:00 ގެ ފަހުން ފައިސާ ބަލައި ނުގަނެވޭނެ ކަމަށް ދަންނަވަމެވެ.

5-      ނީލަން ކިއުމަށް ހަމަޖެހިފައިވަނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީ ހާޟިރީން ނަށް އަޑުއިވޭވަރަށް އަނގަބަހުން ނެވެ.

6-      ނީލަން ފެށޭނީ ޓަނަކަށް -/2000ރ ( ދެހާސް ރުފިޔާގެ )  ރޭޓުންނެވެ.

7-      ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000ރ (އެއްހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.

8-      ނީލަންނިމޭތާ 24 ގަޑި އިރުތެރޭގައި ނީލަން ނިމުނުފަރާތުން ފައިސާ ދައްކަންވާނެވެ.      

9-      ނީލަންނިމޭތާ 7 ދުވަހުގެ ތެރޭގައި ބައުދަގަނޑު ގެންގޮސް ނިންމަންވާނެއެވެ.

10-   ތަކެތި ދޫކުރެވޭނީ ރަސްމީދުވަސްތަކުގެ ހެނދުނު 09:00 އިން ހަވީރު 14:00 އަށެވެ.

11-   ބައުދަގަޑުގެ އަދަދު  50 ޓަނަށް ވުރެ އިތުރު ވާނަމަ، އިތުރުވާ އަދަދަށް ފައިސާ ދައްކާ ޙަލާސް ކުރަންވާނެއެވެ. އަދި 50 ޓަނަށް ވުރެ މަދުވާނަމަ އިތުރަށް ދެއްކިފައިވާ ފައިސާ ރީފަންޑް ކޮށްދޭނެއެވެ.

12-   މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 3001251 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

12 ޑިސެންބަރު 2021
ހޯދާ