މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންޓާންޝިޕް ފުރުސަތު

އިޢުލާނު

އިންޓާންޝިޕް ފުރުޞަތު

 

ޑިޕާޓްމަންޓް

ފައިނޭންސް

ބޭނުންވާ އަދަދު:

01 (އެކެއް)

މުއްދަތު

05 މަސް

މަސައްކަތް ކުރަންޖެހޭ ތަން

މޯލްޑްވިސް ޙައްޖު ކޯޕަރޭޝަން، ފައިނޭންސް ޑިޕާޓްމަންޓް

މުސާރައާއި ޢިނާޔަތްތައް:

ހާޒިރުވާ ކޮންމެ ރަސްމީ ދުވަހަކަށް -/190ރުފިޔާ

މަސައްކަތުގެ ވަގުތު:

ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް

ފެންވަރު ނުވަތަ ޝަރުތު:

  • މަތީސާނަވީ އިމްތިހާނުން ދަށްވެގެން 2 މާއްދާއިން "ޑީ" ގްރޭޑް ޙާޞިލްކޮށްފައިވުން، ނުވަތަ
  • މަސައްކަތާއި ގުޅުންހުރި ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  • އެކައުންޓިން ނުވަތަ ފައިނޭންސް ދާއިރާއިން ތައުލީމް ޙާޞިލްކުރަމުންދާ ދަރިވަރުންނަށް އިސްކަންދެވޭނެ.
  • އެކައުންޓިން ނުވަތަ ފައިނޭންސް ދާއިރާގެ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މައިގަނޑު މަސައްކަތް:

  • މާލީ މުޢާމަލާތްތަކުގެ ރެކޯޑުތައް ބެލެހެއްޓުމުގައި އެހީތެރިވެ ދިނުން.
  • ކޯޕަރޭޝަންގެ އެކައުންޓުތަކުގެ ހިސާބުތައް ރީކޮންސައިލް ކުރުމުގައި އެހީތެރިވެ ދިނުން.
  • ފައިނޭންސް ޔުނިޓްގައި ކުރަންޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރުން.

 

ހުށައަޅަންޖެހޭ ލިޔުންތައް:

  • އިންޓާންޝިޕްގެ ފުރުޞަތަށް އެދި ހުށަހަޅާ ސިޓީ.
  • ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  • ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ.
  • އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ކުރިން އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް އެހެން ތަނެއްގައި ވަޒީފާ އަދާ ކުރަމުންދާނަމަ އެ ތަނުގައި ވަޒީފާއަދާ ކުރިކަން ނުވަތަ ކުރަމުންދާކަން އަންގައިދިނުމުގެ ގޮތުން އެ ތަންތަނުން ދޫކޮށްފައިވާ ލިޔުން.

ސުން ގަޑި:

19 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން 

އިތުރު މަޢުލޫމާތު:

  • މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.
  • މިއިންޓާންޝިޕަށް ހޮވޭ ފަރާތްތަކަށް ސަލާމާއި ޗުއްޓީ ކަނޑައެޅިފައިނުވާނެއެވެ.
  • މިކުންފުނިން އެދޭ ފެންވަރަށް މިއިންޓާރންޝިޕް ފުރިހަމަކުރާ ފަރާތްތަކަށް ކުންފުނިންގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް މީހުން ނެގުމުގައި އިސްކަންދެވޭނެއެވެ.
  • އީމެއިލް އެޑްރެސް؛ [email protected]
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

12 ޑިސެމްބަރ 2021

12 ޑިސެންބަރު 2021
ހޯދާ