ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުމާއި ބެހޭ (ރަށްވެހިގެ މަރާމާތް ކުރުން)

އަންދާސީ ހިސާބު ހޯދުމާއި ބެހޭ (ރަށްވެހިގެ މަރާމާތް ކުރުން)

                 ގދ.ފިޔޯރީ ރަށްވެހިގޭގައި ހުރި މަރާމާތްތައް އަމިއްލަ ތަކެތީގައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މި މަސައްކަތް އަމިއްލަތަކެތީގައި ކުރަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހު 13:30 މިއިދާރާއަށް ވަޑައިގެން މައުލޫމާތް ސާފުކުރުމަށްފަހު 29 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫން ނަންބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެއެވެ. މައުލޫމާތް ސާފުކުރުމަށް ވަޑައިނުގަންވާ ފަރާތްތަކާއި ގަޑިޖެހިގެން އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މައުލޫމާތް ސާފުކުރުމަށް ފަހު އަންދާސީ ހިސާބު ހުށައަޅަން އިންގަޑިއަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ. 

12 ޑިސެންބަރު 2021
ހޯދާ