ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ފޯރުކޮށްދިނުމުގެ ފުރުސަތު ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވާ ރެކްރޫޓްމަންޓް އެޖެންސީތަކަށް ހުޅުވާލުން.

 

 

އިޢުލާން

 

ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ފޯރުކޮށްދިނުމުގެ ފުރުސަތު ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވާ ރެކްރޫޓްމަންޓް އެޖެންސީތަކަށް ހުޅުވާލުން.


            12 އޮކްޓޫބަރު 2021 ގައި ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގެ ހިންގުން ވަކި ގަވަރނިންގ ބޯޑެއްގެ ދަށުން ހިންގާގޮތަށް ހަމަޖެހި މި ހޮސްޕޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް މިހޮސްޕިޓަލުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާތީ، މި ހޮސްޕިޓަލް ގައި މަސައްކަތް ކުރާނެ ބިދޭސީން ގެނައުމުގެ ފުރުޞަތު ރާއްޖެއިން ބޭރުން ބިދޭސީން ގެންނަ އެޖެންސީތަކުގެ ތެރެއިން ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީކޮށް ހިންގާ ރެކްރޫޓްމަންޓް އެޖެންސީތަކަށް ހުޅުވާލަމެވެ. ވީމާ، ބިދޭސީން ގެނައުމަށް ޝައުޤުވެރިވާ އޭޖެންސީތަކުން ޝައުޤުވެރިވާކަން ބަޔާންކޮށް "އެޖެންސީތަކުގެ ދަފްތަރުގައި ބައިވެރިވުމަށް އެދޭ ފޯމް" 20 ޑިސެންބަރ 2021 ވަނަ ދުވަހުގެ 13:00 ގެ ފުރިހަމަ ކުރެއްވުމަށްފަހު، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

     މި އިއުލާނާއި ގުޅިގެން ހުށަހަޅާ ހުށަހެޅުންތައް ބެލުމަށްފަހު، މި ހޮސްޕިޓަލުން ހުއްދަދެވޭ އެޖެންސީތަކަށް މިހޮސްޕިޓަލްގެ ވަޒީފާތަކަށް ބިދޭސީން ހޯދުމަށް ކުރެވޭ އިއުލާންތަކަށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުސަތު ދެއަހަރުދުވަހުގެ މުހުލަތަށް ދެވިގެންދާނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިހޮސްޕިޓަލުގެ ނަންބަރު: 6800699 އާ ގުޅުއްވުން އެދެމެވެ.

 

12 ޑިސެންބަރު 2021
ހޯދާ