މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑު ބިންތަކުގައި ހުރި ރުއްގަސް ނެގުމާއި ގުޅޭ

 

އިޢުލާން

ދަނޑު ބިންތަކުގައި ހުރި ރުއްގަސް ނެގުމާއި ގުޅޭ

ދަނޑުގޮވާމުގެ ބާވަތްތައް އިންދާ ހެއްދުމަށް 2006 ވަނަ އަހަރު ކަނޑައަޅާފައިވާ ދަނޑުބިން ސަރަހައްދު (ރަސްމީ ފުޓްބޯޅަ ދަނޑުގެ އިރުމަތި، މައިވަލުގެ ދެކުނު، ކުނިކޮށީގެ އުތުރު، އިރުމަތީ ފަރާތުހޭޅީގެ ހުނޅަގު) ގައި އޮތް ދަނޑުބިން ސަރަހައްދުން، ދަނޑުބިން ދޫކުރެވިފައިވަނީ 1 އަހަރުގެ މުއްދަތަށެވެ. އަދި މުއްދަތު ހަމަވުމުން މުއްދަތު އިތުރުކުރުމަށް އެދޭ ފަރާތްތަކަށް 1 އަހަރުގެ މުއްދަތު އިތުރު ކޮށްދެވިފައިވެއެވެ. ނަމަވެސްކުރިން ދަނޑުބިންދޫކުރެވިފައިވާ ފަރާތްތަކާއި މިހާރު ދަނޑުބިމުގައި މަސައްކަތް ކުރާ ފަރާތްތަކާއި ކައުންސިލާއެކު މުއްދަތު ހަމަނުވާ އެއްބަސްވުމެއް މިހާރު ނެތްވާހަކަ ދަންނަވަމެވެ. އަދި ދަނޑުބިން ދޫކުރެވިފައިވަނީދަނޑުވެރިކަމުގެ  ބާވައްތައް ހެއްދުމަށް ކަމަށްވެފައި، ރުއް، އަދި ލަކުޑީގެ ބާވައްތައް ދަނޑުބިން ސަރަހައްދުގައި އިންދާ ހެއްދުން މީގެ ކުރިންވެސް މަނާކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މިހެންކަމުން 16 ސެޕްޓެމްބަރ 2021 ގައި ބޭއްވުނު މިކައުންސިލްގެ 4 ވަނަ ދައުރުގެ 6 ވަނަ ކުއްލި ޖަލްސާއިން ނިންމާފައިވަނީ ދަނޑުބިންތަކުގައިވާ ރުއްގަސް 31 ޑިސެމްބަރ 2021 ގެ ކުރިން ނެގުމަށް އެންގުމަށެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ދަނޑުބިން ސަރަހައްދުގައި އިންދާ ހައްދާ ރުއްތަކާއި ލަކުޑީގެ ބާވައްތައް 31 ޑިސެމްބަރ 2021 ގެ ކުރިން ނަގާ ބިން ސާފުކުރުމަށް އަންގާ އިޢުލާންކުރީމެވެ.      
           މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 ރަބީޢުލްއައްވަލް  1443

26 އޮކްޓޫބަރު 2021
ހޯދާ