ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުން

ނަންބަރ: R/IUL/2021/122A  

                                 އިޢުލާން                                                     

މި ކުންފުނީގައި ހުރި ގިނައަދަދެއްގެ ތަކެތި ނީލަމުގައި ވިއްކާލަން ކުރެވުނު އިޢުލާން R/IUL/2021/122 ނަންބަރާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން ނީލަން ކިޔުމަށް ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.

- 01 އެޗް.ޕީ ކަލަރ ލޭޒަރޖެޓް ޓްރާންސްފަރ ކިޓް C4154A (އައު)

- 01 އެޗް.ޕީ ކަލަރ ލޭޒަރޖެޓް އިމޭޖް ފިއުޒަރ ކިޓް C9736A (އައު)

- 01 އެޗް.ޕީ ކަލަރ ލޭޒަރޖެޓް އިމޭޖް ފިއުޒަރ ކިޓް C9734B (އައު)

- 01 އެޗް.ޕީ ލޭޒަރޖެޓް ޕްރިންޓް ކާރޓްރިޖް C9730A – 645A (ބްލެކް) (އައު)

- 02 އެޗް.ޕީ ލޭޒަރޖެޓް ޕްރިންޓް ކާރޓްރިޖް C9732A – 645A (ޔެލޯ) (އައު)

- 03 އެޗް.ޕީ ލޭޒަރޖެޓް ޕްރިންޓް ކާރޓްރިޖް C9733A – 645A (މެޖެންޓާ) (އައު)

- 02 އެޗް.ޕީ ލޭޒަރޖެޓް ޕްރިންޓް ކާރޓްރިޖް C9731A – 645A (ބްލޫ) (އައު)

މި ނީލަން ފެށޭ އަގަގީ  500.00ރ (ފަސްސަތޭކަ) ރުފިޔާ އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 100ރ (ސަތޭކަ) ރުފިޔާއެވެ.

ވީމާ، މި ތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 14 ޑިސެމްބަރު 2021 ވާ އަންގާރަ ދުވަހުގެ 12:00 އަށް މި ކުންފުންޏަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 16 ޑިސެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި 14 ޑިސެމްބަރު 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތް ތަކަށް ވެސް މިނީލަމުގައި ބައިވެރިވެވޭނެ ކަމުގައި ދަންނަވަމެވެ.

މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރިއެއް ނުވެ ވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 03 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާތިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ކުރީގެ ނީލަން ކާމިޔާބު ކުރި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338365 ނަންބަރު ފޯނާއެވެ.

                              4 ޖުމާދުލްއޫލާ 1443

09 ޑިސެންބަރު 2021
ހޯދާ