ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖްތިމާއީ ޞަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތްތައް ހޯދުމާގުޅޭ

ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތްތައް ހޯދުމާބެހޭ

 

                  މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޑިސެމްބަރ 2021 ވާ ބުރާސްފަތި 11:00 ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވި ފަރާތަކަށެވެ.

  • ރަށުގެ މި ސަރަހައްދުތައް ބަހާލެވޭނީ 10 ބަޔަަށެވެ.
  • ބައެއް ޙާވާލުކުރެވި ޤަވާއިދުން މިމަސައްކަތް ކުރާ ފަރާތްތަކަށް މަހަކު -/1700 (އެއްހާސް ފައްސަތޭކަ ) ރުފިޔާ އުޖޫރައިގެ ގޮތުގައި ލިބޭނެއެވެ. މި އުޖޫރަ ދެވޭނީ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ހުރިހާ ދުވަހަކު މަސައްކަތްކޮށްގެންނެވެ. މަސައްކަތް ނުކުރާ ދުވަހެއްގެ އުޖޫރައެއް ނުލިބޭނެއެވެ.
  • ޙަވާލުކުރާނެ ފަރާތްތައް ހޮވާނީ މިކަމަށް އެދުނު ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.
  • ކުރިމަތިލައްވާ ފަރާތަކީ މިމަސައްކަތަށް ޝައުޤުވެރިކަން ހުރެގެން ކުރިމަތިލާ ފަރާތަކަށް ވާންވާނެއެވެ.

 

މިކަމަށް އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު:

  1. ޢުމުރުން 18 އަހަރާއި، 65 އަހާރާ ދެމެދުގެ މީހަކު ކަމުގައިވުން.
  2. ރަށުގެ ރައްވެއްސަކަށްވުން، ނުވަތަ ރައްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހަކު ކަމުގައިވުން.
  3. ސިވިލްސަރވިސް މުވައްޒަފެއް، އެހެން އިދާރާއެއްގައި ވަޒީފާއަދާ ކުރާ މީހަކަށް ކުރިމަތި ނުލެވޭނެ.
09 ޑިސެންބަރު 2021
ހޯދާ