ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީގެ ނަންބަރު: (IUL)88-ADHR/88/2021/95 އިޢުލާނާއި ގުޅިގެން ޓޫރިޒަމް ގޯލްޑަން ޖުބްލީ އަހަރު ފާހަގަކުރުމަށް ތައްޔާރުކޮށްފައިވާ ތީމު ސޯންގް "ނަލަ ނަލަ ރާއްޖެ" ލަވައަށް ވީޑިއޯ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާޠިލްކުރެވިފައިވާ ކަމުގައި ދަންނަވަމެވެ. އަދި ދެވަނަ ފަހަރަށް މި މަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޑިސެމްބަރު 2021 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 19 ޑިސެމްބަރު 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ. މިއިއުލާނާއިއެކު ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހާ ޖަދުވަލުތައް އެއްކަރުދާސް ކުރަމެވެ.
09 ޑިސެންބަރު 2021