މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމަށްޓަކައި ސާރވޭ ކޮށް ވެބްސައިޓް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުން

   ނަންބަރ: (IUL)297/297/2021/105

 

އިޢުލާން

ނ.ވެލިދޫގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމަށްޓަކައި ސާރވޭ ކޮށް ވެބްސައިޓް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުން

ނ.ވެލިދޫ ޓުއަރިޒަމް ޕްރޮމޯޓްކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި ސާރވޭކޮށް ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން ވެބްސައިޓް ފަރުމާކުރުމާއި ޑިވެލޮޕް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު2014/18 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު2014/19 ) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

 މަޢުލޫމާތު ސާފުކުރުން

 19 ޑިސެމްބަރ 2021 އާދިއްތަ ދުވަހުގެ 11:30

 ބިޑް ހުށަހެޅުން

 23 ޑިސެމްބަރ 2021 ބުރާސްފަތި ދުވަހުގެ 10:30

                      މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

 

08 ޑިސެންބަރު 2021
ހޯދާ