މަތިވެރި ސްކޫލް
ދިވެހިރާއްޖެ
މަތިވެރި ސްކޫލުގެ ސަރވިސް ޗާޓަރު

 

 

ސަރވިސް ޗާޓަރ

ތަޢާރަފް؛

އަރިއަތޮޅު އުތުރުބުރީ މަތިވެރީގައި ދިވެހި ސަރުކާރާއި މަތިވެރީ ރައްޔިތުން ގުޅިގެން ޤާއިމު ކުރައްވާފައިވާ މަތިވެރި ސްކޫލަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ހިންގަވަމުން ގެންދަވާ ސްކޫލެކެވެ. މިސްކޫލު އއ. މަތިވެރީގައި ޤާއިމު ކުރައްވައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގަވަމުން ގެންދަވަނީ މިރަށުންނާއި، އެހެން ރަށްރަށުން ވިޔަސް މިސްކޫލަށް ތަޢުލީމް ޙާޞިލްކުރުމަށް ބޭނުންވެގެން އަންނަ ކޮންމެ ދަރިވަރަކަށް ފަށާ ތަޢުލީމާއި، ޘާނަވީ ތަޢުލީމް އުގެނުމުގެ ފުރުޞަޠު ފަހިކޮށް ދިނުމަށެވެ.

އއ. މަތިވެރި މަދަރުސާގެ ނަމުގައި ހިންގަވަމުން އައި މި މަދަރުސާގެ ނަން މަތިވެރި ސްކޫލަށް ބަދަލުވެފައިވަނީ 2001 ވަނަ އަހަރުއެވެ. މަތިވެރި މަދަރުސާގެ ނަމުން މަތިވެރި ސްކޫލަށް ބަދަލުވުމަށްފަހު ފަށާ ތަޢުލީމުގެ ފެންވަރަށް ކިޔަވައި ދެމުން އައިސް 2006 ވަނަ އަހަރު ކޮމާސް ސްޓްރީމުން ޘާނަވީ ތަޢުލީމު ތަޢާރަފުކުރެވުނެވެ. މިގޮތުގެ މަތިން ޘާނަވީ ތަޢުލީމް ފުޅާކުރެވި 2008 ވަނަ އަހަރުން ފެށިގެން މިސްކޫލުވަނީ ޘާނަވީ ތަޢުލީމް ނިންމާ އިމްތިޙާނުތައް ބާއްވާ ސްކޫލެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. މިގޮތުން ވޭތުވެދިޔަ 2019 ވަނަ އަހަރަކީ މިސްކޫލްގައި ޘާނަވި ތަޢުލީމް ނިންމާ އިމްތިޙާނުގައި ބައިވެރިވި 12 ވަނަ އަހަރެވެ. 2013 ވަނަ އަހަރު މިސްކޫލުގެ ސާނަވީ ދަރިވަރުންނަށް ކޮމްބައިން ސްޓްރީމް ތައާރަފް ކުރެވުނެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އައު މަންހަޖަށް މިސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށުނެވެ. އޭގެ ފަހުން 2017 ވަނަ އަހަރު މިސްކޫލްގައި ބީޓެކް ސްޓްރީމް ތަޢާރަފް ކުރެވުނެވެ.

މިސްކޫލުގެ މަޤްޞަދަކީ މިސްކޫލުން ތަޢުލީމް ޙާޞިލްކުރަން އެދޭ ކިޔަވާ ޢުމުރުގެ ކޮންމެ ކުއްޖަކަށް މިސްކޫލުން އެއިރަކު ދެވެންހުރި އެންމެ މަތީ ފެންވަރަކަށް ތަޢުލީމް ދިނުމެވެ. މިމަޤްޞަދު ޙާޞިލް ކުރުމަށް ކުރެވޭ މަސައްކަތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅުއްވާ މުޤައްރަރަށް ކުދިންނަށް އުގަންނައި ދިނުމާއި، ކުދިންގެ ހުނަރުތައް ތަރައްޤީ ކުރުމަށް އިތުރު ޙަރަކާތްތައް ހިންގުމާއި، ތަނަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ހޯދައިދިނުމާއި، ޒަމާނަށް އަންނަ ބަދަލާ ގުޅިގެން ކަންތައްތައް އިސްލާޙުކޮށް ތަރައްޤީ ކުރުމާއި، އަދި ވީއެންމެ ފުޅާދާއިރާއެއްގައި ބެލެނިވެރިންނާއި، ގުޅިގެން މަސައްކަތް ކުރެވެއެވެ. މިކަމުގެ އިތުރުން ދަރިވަރުންގެ ޝުޢޫރުތައް ދެނެގަތުމާއިއެކު، ރަޙުމަތްތެރި މާހައުލެއް ޤާއިމު ކުރުމަށް ދަރިވަރުންނާއި، ގުޅިގެން މަސައްކަތް ކުރެވެއެވެ.

ސްކޫލް ކުލަ:     ސްކޫލް ކުލައަކީ ރަތް ކުލައެވެ.

ސްކޫލް މޮޓޯ:     Aim to Gain   (ކާމިޔާބިއަކީ މަޤްޞަދުކަމުގައި ހަދާށެވެ.)

ވިޝަން؛

މިސްކޫލުން ތަޢުލީމް ހާސިލްކުރާ ދަރިވަރުންނަކީ ތަރައްޤީވެ ކުރިއަރަމުންދާ ދިވެހިރާއްޖޭގެ ހޭލުންތެރި ރައްޔިތަކަށް ހެދުމާއި މުޖުތަމަޢާއި މުޅި ޤައުމަށް ފައިދާހުރި އުފެއްދުންތެރި ޒިންމާދާރު ދަރިވަރުންތަކެއް ތަރުބިއްޔަތު ކުރުން.

މިޝަން؛

އިސްލާމީ ދިވެހި މުޖުތަމަޢުގެ ބައިވެރިއެއްގެ ގޮތުން ކޮންމެ ދަރިވަރެއްގެވެސް ވިސްނުމާއި ހަށިގަނޑާއި ރޫޙާނީބައި ތަރައްޤީ ކޮށްދިނުމާއި ބޭނުންވާ މަޢުލޫމާތު ލިބިދިނުމާއިއެކު އަމިއްލަ ޝަޢުޤުވެރިކަމާއި އެކު ޒިންމާދާރު ގޮތެއްގައި އަމިއްލަ ނަފުސަށާއި އަދި ޤައުމަށް ބޭނުންތެރި ދަރިވަރުންތަކެއް ތަރުބިއްޔަތު ކުރުން.

ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް

  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއެކު މަރުޙަބާކިޔައި، އިޙްތިރާމާއެކު މުޢާމަލާތްކުރުން.
  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
  • ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުންގުޅިގެން މަސައްކަތްކުރުން
  • ނަޒާޙަތްތެރިކަމާއެކު ހަމަހަމަކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.
  • ޚިދުމަތް ހޯދުމަށް އައި ތަރުތީބަށް އިސްކަންދީގެން ޚިދުމަތް ދިނުން.
  • ފޯނުންކުރާ މުޢާމަލާތްތަކުގައި އުފާވެރި އަޑަކުން މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ރިވެތިބަހުން ވާހަކަ ދެއްކުން.

 

#

ޚިދުމަތްތައް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

އެކަޑަމިކް ސެކްޝަން

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

1

ސްކޫލް އޮފީހުގެ ރިސެޕްޝަން ޚިދުމަތާއި އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

  • ރަސްމީ ދުވަސްދުވަހު ހެނދުނު 7:00 ން 12:00 އަށް  ޚިދުމަތް ހޯދަން ގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެ.
  • ޚިދުމަތް ހޯދަން ގުޅިފަރާތުން  ބޭނުންވާ ޚިދުމަތެއް އޮޅުން ފިލުވައި، ބޭނުންވާ ޚިދުމަތާ ބެހޭ މުވައްޒަފަށް ކޯލް ޕާސްކުރުން، ނުވަތަ އެކަމަކާ ގުޅިގެން ދޭންޖެހޭ ޖަވާބެއް ދެވޭނެ.
  • ރަސްމީ ދުވަސްދުވަހު ހެނދުނު 7:00 ން 12:00 އަށް  ސްކޫލް އޮފީސް ރިސެޕްޝަނުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެ.
  • ކޮންމެ ރަސްމީ ދުވަހެއްގެ ރަސްމީ ގަޑީގައި [email protected]   އަށް އަންނަ މެއިލްތަކަށް ކަނޑައެޅިފައިވާ އުސޫލުން ޖަވާބު ދެމުން ގެންދާނެ.

ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

2

ސްކޫލަށް ފޮނުވާ ސިޓީ، އީމެއިލް އަދި ޖެމްސް އިން ފޮނުވާ ސިޓީތަކަށް ޖަވާބުދާރީވުން.

  • ދުވަހުން ދުވަހަށް ޖަވާބު ދެވޭ ކަންކަމުގައި ދުވަހުން ދުވަހަށް ޖަވާބު ދެވޭނެ.
  • ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.
  • ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކަށް، ރަސްމީ މަސައްކަތު 3 ދުވަހާއި، 7 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެ.

3

ޚިދުމަތަށް އެދޭ ފޯމާއި ތަކެތި ދޫކުރުމާއި ހުށަހެޅުން

  • ޚިދުމަތަށް އެދޭ ފޯމް ރަސްމީ ދުވަސްތަކުގެ ހެނދުނު 07:00 ން މެންދުރުފަހު 12:00 އަށް ސްކޫލް ރިސެޕްޝަނުން ލިބޭނެ.
  • ޚިދުމަތަށް އެދޭ ފޯމް ހުށަހަޅާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 07:00 ން މެންދުރުފަހު 12:00 އަށް ސްކޫލް ރިސެޕްޝަންއަށް ނުވަތަ އީމެއިލް ކުރަށްވާނީ [email protected] އަށް.

 

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

4

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

  • އޮފީހުގެ ވެރިއަކާ ބައްދަލުކުރުމަށް އެދި އެޕޮއިންޓްމަންޓަކަށް އެދިފައިވާނަމަ، ބައްދަލު ކުރައްވާ ވެރިޔަކު ނިންމަވާ ގޮތެއްގެ މަތިން އެޕޮއިންޓްމަންޓަށް އެދޭ ފަރާތްތަކަށް، ގިނަވެގެން ރަސްމީ މަސައްކަތު 1 ދުވަހާއި 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.

ދަރިވަރުންގެ ރެޖިސްޓަރ ކުރުމަށް ސްކޫލަށް ނަން ފޮނުވުން

5

ދަރިވަރުން ސްކޫލަށް ރެޖިސްޓަރ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ސްކޫލަށް ދަރިވަރުގެ ނަން ފޮނުވުން

  • ދަރިވަރުގެ ނަން ސްކޫލަށް އައިކަމަށް އަންގާ ބެލެނިވެރިޔާއަށް އެސް.އެމް.އެސް އެއް ކުރެވޭނެއެވެ.
  • ދަރިވަރުންގެ "ރެޖިސްޓްރޭޝަން ފޯރމް" ދޫކުރުމާއި ބަލައިގަތުން.

ދަރިވަރުން ސްކޫލްގައި ރެޖިސްޓަރ ކުރުން

6

ދަރިވަރުން ސްކޫލްގައި ރެޖިސްޓަރ ކުރުން

  • ދަރިވަރުންގެ ރެޖިސްޓްރޭޝަން ފޯރމް ސްކޫލަށް ބެލެނިވެރިޔާ ހުށަހެޅުން.
  • ދަރުވަރުގެ އިންޑެކްސް ނަންބަރު ދިނުމާއި ރެޖިސްޓަރ ކުރުން.
  • ބެލެނިވެރިންނާއި މަޢުލޫމާތު ޙިއްސާކުރުން

ދަރިވަރުން ސްކޫލުން ވަކިވުން ނުވަތަ ޓްރާންސްފަރވުން 

7

ދަރިވަރުން ސްކޫލުން ވަކިވުން ނުވަތަ ޓްރާންސްފަރވުން 

  • ދަރިވަރުން ސްކޫލުން ވަކިވުމަށް ނުވަތަ ޓްރާންސްފަރ ވުމަށް ހުށަހެޅުން.
  • އެންމެހައި ލިޔެކިޔުންތައް ހަމަކުރުމަށްފަހު ދަރިވަރު ސްކޫލުން ވަކިކުރުން ނުވަތަ ޓްރާންސްފަރ ކުރުން
  • ރާއްޖެއިން ބޭރަށްދާ ދަރިވަރުންގެ މަޢުލޫމާތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އެންގުން

8

ދަރިވަރުންގެ ރިފަރެންސް ސިޓީ އަދި ލީވިންގ ސެޓްފިކެޓް ދޫކުރުން

  • ސްކޫލުގައި ކިޔަވަމުންދާ ނުވަތަ ސްކޫލުގެ ކުޔެވުން ނިމިފައިވާ ދަރިވަރުންގެ ރިފަރެންސް ސިޓީ ހުށަހަޅާތާ 3 ދުވަހުގެ ތެރޭގައި ރިފަރެންސް ސިޓީ ހަވާލުކޮށްދެވޭނެ.
  • ރިފަރެންސް ސިޓީ އަށްއެދި ހުށަހަޅާނީ އެކަމަށް އެދި ލިޔުމަކުން
  • ދަރިވަރުންގެ ޓެކްސްޓް ފޮތްތަކާއި،ޓެބްލެޓްތަކާއި ސޭޝް އަދި ޓެގް ކޮޅުތައް ސްކޫލަށް ހަވާލުކޮށް، ސްކޫލު ލީވިންގ ސެޓްފިކެޓަށް އެދޭތާ ގިނަވެގެން ހަފްތާއެއް ތެރޭގައި ލީވިންގ ސެޓްފިކެޓް ދިނުން.
  • ލީވިންގ ސެޓްފިކެޓް ދިނުމުގެ ކުރިން ލައިބްރަރީ އިން އެއްވެސް ފޮތެއް ނަގާފައިވޭތޯ އާއި އެއްވެސް ފޮތެއް ގެއްލިގެން ފައިސާ ނުދައްކާވޭތޯ ބެލޭނެ.

ދަރިވަރުންގެ ތައުލީމީ ރެކޯރޑްތައް ބެލެހެއްޓުން

9

ދަރިވަރުންގެ ތައުލީމީ ރެކޯރޑްތައް ބެލެހެއްޓުން

  • ދަރިވަރުންގެ ރެކޯރޑްތައް (ކޮންމެ ޓަރމެއް ވަކިން) މީމިސްގައި އަދާ ހަމަ ކުރެވޭނެއެވެ.

ބަޖެޓް ސެކްޝަން

ފައިސާ ބަލައިގަތުން

10

ފައިސާ ބަލައިގަތުން

  • ސްކޫލަށް ދައްކަންޖެހޭ ފައިސާއެއްވާނަމަ ފައިސާ ދައްކާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 07:00 ން 12:00 އާ ދެމެދު ސްކޫލް އޮފީސް ރިސެޕްޝަނަށް.

ބިޑްކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާން ކުރުން

11

ބިޑްކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާން ކުރުން (ސެކިއުރިޓީ ބެލެހެއްޓުން، މަރާމާތާއި ތަކެތި ހޯދުން ފަދަ ކަންކަން)

 

  • އިޢުލާން ގެޒެޓްކުރުން، ނަންނޯޓް ކުރުމަށް މުއްދަތު ދިނުން، އެކަމަކަށް މަޢްލޫމާތުތައް އެއްކޮށް ލިޔުމުން އެފަރާތްތަކަށް ދިނުން
  • ނަންނޯޓް ކުރާ ޝީޓް ތައްޔާރުކުރުން
  • މަޢްލޫމާތަށް އަންނަ ފަރާތްތައް ނަންނޯޓްކުރާ ޝީޓް ތައްޔާރުކުރުން
  • ބިޑް ފޮތް ތައްޔާރުކުރުން
  • މަޢްލޫމާތަށް އަންނަ ފަރާތްތަކުގެ ނަންނޯޓް ކުރާ ޝީޓް ތައްޔާރުކުރުން
  • ޝީޓްގެ ކޮޕީ ހާޒިރުވީ ފަރާތްތަކަށް ދިނުން

އަހަރީ ބަޖެޓް ތައްޔާރުކުރުން

12

ފައިސާބަލައިގަތުން (ޓެބްލެޓް ނުވަތަ އެސެޓެއް ގެއްލިގެން ނުވަތަ އިހުމާލުން ހަލާކުވެގެން ދައްކާ ފައިސާ)

  • ބެލެނިވެރިޔާ ކްލާސްޓީޗަރަށް، ރިޕޯޓްކުރުން، އިންވެންޓްރީ ބަލަހައްޓާ މުވައްޒަފަށް އެންގުން.
  • ޕޮލިސް ރިޕޯޓްއާއިއެކު ކަންހިނގިގޮތް ބަޔާންކޮށް ސިޓީ ބެލެނިވެރިޔާ ސްކޫލް އޮފީހަށް ހުށަހެޅުން.
  • ދުވަސް ތެރޭގައި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

އިމާރާތާއިތަކެތި ކުއްޔަށް ދޫކުރުން.

10

އިމާރާތާއިތަކެތި ކުއްޔަށް ދޫކުރުން.

  • ސިޓީއަކުން ސްކޫލަށް ހުށަހެޅުން.
  • ތަނާއި ތަކެތި ދޫކުރެވެން އޮތްކަން ނުވަތަ ނޫންކަން އެފަރާތަކަށް ލިޔުމުން އެންގުން.
  • ސިޓީ ހުށަދހަޅާ ތާރީޚުން ފެށިގެން 3 ދުވަސް

ބެޖް, ފަދަ ތަކެއްތި ގެއްލި ނުވަތަ ހަލާކުވުމުން ދައްކާ ފައިސާ ބަލައިގަތުން

11

ބެޖް, ފަދަ ތަކެއްތި ގެއްލި ނުވަތަ ހަލާކުވުމުން ދައްކާ ފައިސާ ބަލައިގަތުން

  • ގެއްލި ނުވަތަ ހަލާކުވެއްޖެނަމަ ބެލެނިވެރިޔާ ކްލާސްޓީޗަރަށް ރިޕޯޓްކުރުން، އެއަށްފަހު ފައިސާ ދެއްކުމަށް އެންގުން
  • ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

ލީވިންގ ސެޓްފިކެޓް އަށް ފައިސާ ދެއްކުން

12

ލީވިންގ ސެޓްފިކެޓް އަށް ފައިސާ ދެއްކުން

  • ލީވިންގ ސެޓްފިކެޓް އަށް އެދި ރެޖިސްޓަރ ބެލެނިވެރޔާ ސްކޫލަށް ހުށަހެޅުން، ސްޓޫޑެންޓް އެފެއަރޒް އިން ބަޖެޓް ސެކްޝަނަށް އެންގުން
  • ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

ކޭމްޕް، ޔުނީފޯމް ފަދަ ތަކެއްޗަށް ފައިސާ ބަލައިގަތުން

13

ކޭމްޕް، ޔުނީފޯމް ފަދަ ތަކެއްޗަށް ފައިސާ ބަލައިގަތުން

  • ލީޑިންގ ޓީޗަރ މެދުވެރިކޮށް ބެލެނިވެރިންނަށް ސްލިޕް ދިނުން
  • ބަޖެޓް ސެކްޝަނުން ހަވާލުވެ ހުންނަ މުވައްޒަފަކާއި ހަވާލުކުރުން (ދެވިފައިސާ ޝީޓް ނުވަތަ ލިސްޓްގައި ބަލައިގަތް މީހަކާއި ފައިސާ ދެއްކި މީހަކު ސޮއިކުރުން
  • ސްލިޕްގައި ފައިސާގެ އަދަދާއި ފައިސާ ދެއްކުމަށް ދެވޭ މުއްދަތު އެނގެން އޮތުން

ހިއުމަން ރިސޯސް ސެކްޝަން

 

ވަޒީފާއާ ގުޅޭ އެންމެހާ ކަންތައްތައް ކުރުން

  • ސްކޫލުގެ އެންމެހާ މުވައްޒަފުންގެ ލިޔެކިޔުންތައް ވިއުގާއަށް އަދާހަމަކޮށް ބެލެހެއްޓުން
  • ވަޒީފައަށް ކުރިމަތިލާ ފަރާތްތަކުގެ ކަންތައްތައް ސިވިލް ސާރވިސްގެ އުޞޫލުތަކާއި އެއްގޮތަށް ކުރިއަށް ގެންދިޔުން.
  • މުވައްޒަފުން ހުށަހަޅާ ކަންކަން ނުވަތަ ފޮނުވާ ސިޓީތަކަށް ދުވަހުން ދުވަހަށް ނުވަތަ ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުން

 

14

މުވައްޒަފުން ބޭނުންވާ މަޤާމްތަކަށް އިއުލާންކުރުން.

  • ސިވިލް ސަރވިސްގެ ޤަވައިދާއި އެއްގޮތަށް އިއުލާން ގެޒެޓް ކުރުން. (އިއުލާންގައި ހުށައަޅަންޖެހޭ ލިޔުންތަކާއި، އެޕްލިކޭޝަން ފޯމްގެ ލިންކް، އައްޔަންކުރުމުގެ އުސޫލުގެ ލިންކް އަދި އެޕްލިކޭޝަން ފޯމް ހުށައަޅަންވީ މެއިލް ހިމަނާފައިވުން.)

ވަޒީފާއަށްއެދި ހުށައަޅާ ފޯމްތައް ބަލައިގަތުން.

15

ވަޒީފާއަށްއެދި ހުށައަޅާ ފޯމްތައް ބަލައިގަތުން.

  • އީމެއިލް މެދުވެރިކޮށް ހުށައެޅިފައިވާ ފޯމްތައް ޗެކްކޮށް ރަސްމީ ބަންދުނޫން 1 ދުވަހުގެތެރޭގައި އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް އީމެއިލްގެ ޛަރީއާއިން އެފަރާތަށް ފޮނުވުން. 
  • އިދާރާގެ ކައުންޓަރަށް ހުށައެޅޭ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ ހުރިހާ ގަޑިއެއްގައި ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުން އަދި ފޯމް ޗެކްކުރުމަށްފަހު އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް ވަގުތުން އެފަރާތަށް ހަވާލުކުރުން. 
  • ކޮންމެހެން ބޭނުންވާ ލިޔުންތައް ހަމަނުވާނަމަ އިއުލާންގެ މުއްދަތު ހަމަވުމުގެކުރިން އެންގުން.

ސްކްރީނިންގ މަރުހަލާ

16

 

ސްކްރީނިންގ މަރުހަލާ

 

  • ވަޒީފާއަށްއެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީއަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތައް ވަކިކޮށް އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި އާއްމުކުރުން.
  • ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް، ސަބަބު ބަޔާންކޮށް ލިޔުމުން އެނގުން ( އިންޓަރވިއު ބޭއްވުމުގެކުރިން )
 

އިންޓަރވިއު ބޭއްވުން

17

އިންޓަރވިއު ބޭއްވުން

  • ވަޒީފާގެ އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތައް ކަނޑައެޅުމުން އިންޓަރވިއު ޕެނެލް އެކުލަވާލައި އިންޓަރވިއު ބާއްވާނޭ ތާރީޚާއި ގަޑި އަދި ތަން ކެނޑިޑޭޓަށް އެންގުން. އަދި ޕްރެކްޓިކަލްއަށް ތައްޔާރުވާންޖެހޭ ގޮތުގެ މައުލޫމާތު ކެންޑިޑޭޓަށް އެންގުން.

އޭޓޫ ޝީޓް އާއްމުކުރުމާއި ޝަކުވާ ހުށައެޅުން

18

އޭޓޫ ޝީޓް އާއްމުކުރުމާއި ޝަކުވާ ހުށައެޅުން

  • އިންޓަރވިއު ބޭއްވުމަށްފަހު ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އޭޓޫ ޝީޓް އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި އާއްމުކޮށް ކޮންމެ ކެންޑިޓޭކަށް އެކެންޑިޑޭޓެއްގެ ނަންބަރ އެންގުން އަދި ޝަކުވާއެއްވާނަމަ އެކަން ހުށައެޅުމަށް ތިން ދުވަހުގެ މުއްދަތެއްދިނުން. 
  • ޝަކުވާ ހުށައެޅުމަށް ދެވިފައިވާ މުއްދަތުގައި ހުށައެޅޭ ޝަކުވާތައް ބެލުމަށްފަހު އެކަން ލިޔުމުން ޝަކުވާ ހުށައެޅި ފަރާތަށް އެންގުން. އަދި ހުށައެޅޭ ޝަކުވާއާއި ގުޅިގެން އޭޓޫ ޝީޓަށް ބަދަލެއް އައިސްފިނަމް އިސްލާހުކޮށް އަލުން އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި އާއްމުކުރުން.

ވަޒީފާ ހަމަޖެއްސުން.

19

ވަޒީފާ ހަމަޖެއްސުން.

  • އޭޓޫ ޝީޓަށް ހުށައެޅޭ ޝަކުވާހުށައެޅުމުގެ މުއްދަތުގައި ހުށައެޅޭ ޝަކުވާތައްބަލާ  އެފަރާތްތަކަށ ޖަވާބު ދިނުމަށްފަހު އޭޓޫ ޝީޓުން އެންމެމަތިން މާރކްސް ލިބުނު ފަރާތަށް އެކަން އަންގައި ލިޔުންތައް ފުރިހަމަކޮށް ވަޒިފާ ހަމަޖެއްސުމަށްޓަކައި ފޮނުވުން.

 

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން 

 

  • އޮފީހުން ދޭ ޚިދުމަތަކާ ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ޚިދުމަތަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މަރުޙަބާ ކިޔަމުއެވެ. ހުށަހެޅުންތައް ފޮނުވާނީ، [email protected]  މި އީ-މެއިލްގެ    ޒަރީއާއިންނެވެ. ނުވަތަ އޮފީހުގެ އިސްބޭފުޅަކަށް އެޑްރެސްކޮށްފައި ސިޓީއަކުންނެވެ. ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް އެ ހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ.
  • މީގެއިތުރަށް، އޮފީހުގެ އާންމު ނަންބަރު ކަމުގައިވާ 6660816 އަށް ގުޅައިގެންވެސް ހުށަހެޅޭނެއެވެ.  
  • މިފަދަ ހުށަހެޅުންތައް ބަލައިގަނެ، ވަގުތުން ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.

ގުޅުއްވުމަށް

ފޯން ނަންބަރު: -

 ހޮޓްލައިން :   6660816

އީ-މެއިލް: [email protected]

ވެބްސައިޓް:

 

މަތިވެރި ސްކޫލް / ޗާންދަނީމަގު، އއ.މަތިވެރި، ދިވެހިރާއްޖެ

08 ޑިސެންބަރު 2021
ހޯދާ