ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފާރާތެއް ހޯދުން

މި ސްކޫލުގެ ސެކިއުރިޓީ 1 އަހަރުދުވަހަށް ހޯދުމަށް ކުރި އިޢުލާން ނަމްބަރ GS158/IUL/2021/54 ގެ އިޢުލާނަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ރަޖިސްޓްރީ ހުށަހަޅާފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަޅުން މި ސްކޫލުގެ ސެކިއުރިޓީ މީލާދީ 1 އަހަރުދުވަހަށް ބަލަހައްޓާދޭނެ ފާރާތެއް ހޯދަން އިޢުލާން ކުރެމެވެ.

 

         މި ސްކޫލުގެ ސެކިއުރިޓީ މީލާދީ 1 އަހަރުދުވަހަށް ބަލަހައްޓާދޭނެ ފާރާތެއް ހޯދަން ބެނުންވެއްޖެއެެވެ.

            މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

            ވީމާ، ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ، 08 ޑިސެމްބަރ 2021 ން 14 ޑިސެމްބަރ 2021 ށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 ން 12:00 ށް މިސްކޫލަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މައުލޫމާތު ދިނުން

ދަނގެތި ސްކޫލް

14 ޑިސެމްބަރ 2021

އަންގާރަ

11:00

ބީލަން ހުށަހެޅުން

ދަނގެތި ސްކޫލް

16  ޑިސެމްބަރ 2021

ބުރާސްފަތި

11:00

        އަދި ދަންނަވަމެވެ. ބީލަމުގައި ބައިވެރިވެވޭނީ  ބީލަމުގައި  ބައިވެރިވުމަށް ނަންނޯޓްކުރުމަށް ހުޅުވާލާފައިވާ މުއްދަތުގައި ނަންނޯޓް ކޮށްފައިވާ ފަރާތަކަށެވެ. އަދި ބިޑް ހުށަހަޅާއިރު ބަދަލުގައި ފޮނުވާ ފަރާތެއް ނަމަ އެފަރާތުގެ ލިޔުމަކާއިއެކު ބީލަމުގައި ބައިވެރިވެވޭނެ ކަމުގައި ދެންނަވަމެވެ.                                                                                    

މިމަސައްކަތާއިގުޅޭ ބީލަންފޮތް މިއިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފޯން: 6680803

އީ-މެއިލް:  [email protected]

ކޮޕީ އީ-މެއިލް:  [email protected]

08 ޑިސެންބަރު 2021
ހޯދާ