ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

އިޢުލާން

ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

 

އެމް.ޓީ.ސީ.ސީ ފެރީ ސްޓޮޕް އެޅުމަށް ހަމަޖެހިފައިވާ (ކައުންސިލް އިދާރާގެ ހުޅަނގު އުތުރުގައިވާ) ބިމުގައިހުރި ކަޅުކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިރުއްގަހުގެ ވެރިފަރާތްތަކުން، މި އިދާރާއިން ޖަހާފައިވާ ނަންބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި ރުކުގެ މޮޅު/ ދެރަ ބަޔާންކުރައްވާ، 2021 ޑިސެމްބަރ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ކުރިން ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

08 ޑިސެންބަރު 2021
ހޯދާ