ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސާރވިސް ޗާޓަރ ތައްޔާރުކޮށް އާއްމުކުރުން.

މި އިޢުލާންވަނީ 08 ޑިސެންބަރު 2021 10:08 ގައި ބާތިލް ކުރެވިފައެވެ.


 

                                       `

                                       

 

 

   ވ. އަތޮޅު ތަޢުލީމީ މަރުކަޒު                                                   V. Atoll Education Centre
          ފެލިދޫ، ދިވެހިރާއްޖެ                                       V. Felidhoo, Republic of  Maldives

 

 

 

    ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސާރވިސް ޗާޓަރ

 

ތަސައްވުރު:

ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ތަޞައްވަރަކީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާ، ދިވެހި ޤައުމިއްޔަތާއި ޘަޤާފަތަށް ލޯބިކުރާ، ޒަމާނާއިގުޅޭ ހުރިހާ ގޮންޖެހުންތަކަކާއި ކުރިމަތިލުމުގެ ކުޅަދާނަކަން ޢިލްމާއި ޢަމަލުން ދައްކާނެ ޤާބިލު ދަރިން ތަކެއް އުފެއްދުން.

އަމާޒް:

މި މަރުކަޒުގެ ކޮންމެ ދަރިވަރަކީ މުޖުތަމަޢުއަށް ފައިދާހުރި ރަނގަޅު ރައްޔިތަކަށް ހެދުމަށްޓަކައި، ހުރިހާ ރޮނގަކުން ދަރިވަރުން ތަރައްޤީ ކުރުމަށް މަސައްކަތްކުރުން.

ދަރިވަރުންގެ މެދުގައި ގާތް ގުޅުންތެރިކަމެއް އުފެއްދުމާއި އެކު އިސްލާމްދީނަށް ލޯބިޖެއްސުން.

އެއްވެސް ތަފާތުކުރުމެއްނެތި ތަޢުލީމީ އަދި އިތުރު ޙަރަކާތްތަކުގައި މިމަރުކަޒުގެ ކޮންމެ ދަރިވަރަކަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ލިއްބައިދިނުން.

އަދުގެ ދުނިޔޭގައި ދިމާވާ ހުރިހައި ގޮންޖެހުންތަކަކަށް ކެރިގެން ކުރިމަތިލުމަށް ޝައުޤުވެރިކުރުވުން.

 

މެންޑޭޓް: -

ޚިދުމަތްތަކާއި ޚިދުމަތް ލިބިގަންނާނެ މަގު : މި އިދާރާއިން ދެވޭ ޚިދުމަތްތަކާއި، އެ ޚިދުމަތް ހޯދުމުގައި ޢަމަލުކުރަންޖެހޭގޮތް މި އިދާރާގެ ސާރވިސް ޗާޓަރުގައި ހިމެނިފައިވާނެއެވެ.

 

ޝަކުވާއާއި މައްސަލަތައް ހައްލުކުރާނޭ މަގު: މި އިދާރާއިން ދެވޭ ޚިދުމަތްތަކާއިމެދު ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަނެ އެކަންކަން ރަނގަޅުކުރުމުގެ އިންތިޒާމް މި އިދާރާއިން އަބަދުވެސް އެންމެ އިސްކަންދޭ ކަމެއްގެގޮތުގައި މި އިދާރާގެ މަސައްކަތުގެތެރޭގައި އިންތިޒާމްކުރެވިފައިވާނެއެވެ.

 

1-    ސިވިލް ސާރވިސް އިދާރާތަކުގެ ކްލަޔަންޓް ޗާޓަރ ތައްޔާރުކުރުމުގެ މިންގަނޑުތައް:

ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކްލަޔަންޓް ޗާޓަރ ތައްޔާރުކުރުމުގެ މިންގަނޑުތަކުގައި އިދާރާއިން ދެވޭ ޚިދުމަތްތަކާއި ޚިދުމަތުގެ ފެންވަރާއި މުއްދަތު ، އަދި އެޚިދުމަތް ލިބިގަތުމަށް ޢަމަލުކުރަންޖެހޭގޮތް ލިޔެވިފައިވާނެއެވެ.

2-  ކައުންޓަރުން ދެވޭ ޚިދުމަތް ތަރައްޤީކުރުމުގެ މިންގަނޑުތައް:

    މި އިދާރާގެ ކައުންޓަރުން ދެވޭ އެންމެހައި ޚިދުމަތްތަކަކީ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހަކަމާއި އަވަސްކަމާއިއެކު ލިބިދެވޭ ފެންވަރު ރަނގަޅު ޚިދުމަތްތަކެއްގެގޮތުގައި ހެދުމަށް އަބަދުވެސް މަސައްކަތް ކުރެވޭނެއެވެ.

3-    ޓެލެފޯނުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ޢަމަލުކުރަންވީ މިންގަނޑު:

މި އިދާރާއަށް އަންނަ އެންމެހައި ފޯނުކޯލްތަކަށް ޖަވާބުދިނުމުގައި ވީ އެންމެ ފުރިހަމައަކަށް ޖަވާބުދީ، ގުޅުއްވާ ފަރާތުން ބޭނުންވާ މަޢުލޫމާތު ސްކޫލުގެ ޤަވާއިދުގެތެރެއިން ވީހާ ސާފުކޮށް އެމަޢުލޫމާތެއް ދެވޭނެއެވެ. އަދި އަންނަ ކޮންމެ ފޯނުކޯލަކަށް ފުރިހަމައަށް އިޖާބަދީ ޖަވާބުދާރީ ވެވޭނެއެވެ.

4-    ސިވިލް ސަރވިސް އިދާރާތަކަށް ހުށަހެޅޭ ޝަކުވާތަކަށް ޖަވާބުދާރީވުމުގެ މިންގަނޑުތައް:

މި އިދާރާއަށް ހުށަހެޅޭ އެންމެހައި ޝަކުވާތައް ބަލައިގަނެ ހެދިފައިވާ ޤަވާއިދުތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް އެ ހުށަހެޅުނު ޝަކުވައަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެއެވެ. އަދި ޖަވާބުދާރީވުމުގެ އުޞޫލުގެތެރެއިން ޖަވާބުދާރީ ވެވޭނެއެވެ.

5-    ސިވިލް ސާރވިސް އިދާރާތަކުގެ ލިޔެކިޔުންތައް ބެލެހެއްޓުމުގައި ޢަމަލުކުރަންވީގޮތް:

މި އިދާރާއިން ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފަރުވާތެރިކަމާއިއެކު ހެދިފައިވާ ޤަވާއިދުތަކާއި އުޞޫލުތަކުގެތެރެއިން ބެލެހެއްޓޭނެއެވެ. އަދި ބޭނުންވެއްޖެ ހާލަތުގައި ފަސޭހައިން އެ ލިޔެކިޔުމެއް ބަލާލެވޭނޭގޮތަށް ޒަމާނީ ވަޞީލަތްތަކުގެ އެހީގައި އިންތިޒާމްކުރެވޭނެއެވެ.

6-    އިދާރީގޮތުން ބޭއްވޭ ބައްދަލުވުންތައް ބޭއްވުމުގެ މިންގަނޑުތައް:

އިދާރީގޮތުން މި އިދާރާގައި ބާއްވާ ކޮންމެ ބައްދަލުވުމެއްވެސް ރަނގަޅު އިންތިޒާމެއްގެދަށުން ބޭއްވޭނެއެވެ. އަދި ބޭއްވޭ މުޚިއްމު ކޮންމެ ބައްދަލުވުމަކީ އެ ބައްދަލުވުމެއްގެ ރެކޯޑްސް ލިޔެވި ބެލެހެއްޓޭނެ ބައްދަލުވުމެކެވެ.

7-    ސިވިލް ސާރވިސްގެ އިދާރާތަކުގެ މުވައްޒަފުން ރަސްމީ ގަޑީގައި ބޭރަށްދިޔުމުގެ މިންގަނޑު:

މި އިދާރާގެ ހުރިހާ މުވައްޒަފުންވެސް ޢަމަލުކުރަމުންގެންދާނީ ސިވިލް ސާރވިސް ކޮމިޝަނުން ނެރެފައިވާ ސަރކިއުލަރތަކުގައި އަންގަވާފައިވާގޮތަށް ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރު ނުވާނޭހެން މިއިދާރާގެ ހުރިހާ މުވައްޒަފުންވެސް ރަސްމީގަޑީގައި އޮފީހުން ބޭރަށް ދެވޭނެއެވެ.

8-    މުވައްޒަފުންގެ މަޢުލޫމާތު އިތުރުކޮށް ތަމްރީންކުރުމަށް ބޭއްވޭ ސެމިނަރ، ކޯސް ، ބައްދަލުވުން، ކޮންފަރެންސް އަދި ވޯރކްޝޮޕްތަކުގައި ބައިވެރިކުރުމުގެ މިންގަނޑު:

މި އިދާރާގެ އެކި ޑިޕާރޓްމަންޓްތަކުގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކޮށް މަޢުލޫމާތު މުއްސަނދިކުރުމަށް ހިންގޭ ތަފާތު އެކި ހަރަކާތްތަކާއި، ބައްދަލުވުންތަކުގައި އެ މުވައްޒަފުން ބައިވެރިކޮށް ލިބޭ ކޮންމެ ރަނގަޅު ފުރުޞަތެއްގެ ބޭނުން ހުރިހާ މުވައްޒަފުންނަށް ފަހިކޮށްދީ ހުރިހާ މުވައްޒަފުންނަކީވެސް ރަނގަޅު ޤާބިލް މުވައްޒަފުންނަށް ހެދުމަކީ މި އިދާރާގެ މައިގަނޑު އެއްމަޤްޞަދެވެ.

9-    ސިވިލް ސާރވިސް އިދާރާތަކުގެ އަހަރީ ރިޕޯޓް ތައްޔާރުކުރަންވީ މިންގަނޑު:

ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓްގައި އެ އަހަރެއްގައި ހިންގާފައިވާ ހަރަކާތްތަކާއި، އަދި މި ނޫނަސް އަހަރީ ރިޕޯޓުގައި ހިމަނަންޖެހޭ ހުރިހާ މަޢުލޫމާތެއް ހިމަނައިގެން ފުރިހަމައަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވޭނެއެވެ.

10-    ކޮމްޕިއުޓިންގ، އިންޓަރނެޓް، އީ-މެއިލް އަދި މުވާޞަލާތީ ވަޞީލަތްތައް ބޭނުންކުރުމުގެ މިންގަނޑު:

    އިދާރާއިން ދޭ ޚިދުމަތްތައް ޒަމާނީ ކުރެވި މުވައްޒަފުންނަކީވެސް ޒަމާނީ ވަޞީލަތްތަކަށް ހޭލުންތެރި ، ވަޞީލަތްތައް ބޭނުންކުރަން އެނގޭ މުވައްޒަފުންނަށް ހެދުމާއި، މިފަދަ ވަޞީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް މުވައްޒަފުންނަށް އުނގަންނައިދިނުމަކީ މި އިދާރާގެ މަސައްކަތް އަވަސްކޮށް ފުރިހަމަކުރުމަށް ވަރަށް ބޭނުންތެރިކަމެއްކަމުގައި މިއިދާރާއިން އަބަދުވެސް ދެކޭކަމެކެވެ.

 

މަޢުލޫމާތު ސާފުކުރުމާއި، ޝަކުވާ ހުށަހެޅުން.

  • މި އިދާރާއިން ދެމުންދާ އަދި ދޭންޖެހޭ ޚިދުމަތްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ހޯއްދަވަން ބޭނުންފުޅުވާނަމަ މި ސްކޫލުގެ 6700026 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ މި ސްކޫލުގެ މެއިލްއަށް ([email protected]  ) މެއިލްކުރައްވައިގެން ނުވަތަ މި ސްކޫލަށް ދުރުވެ އެމަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ.
  • މި ސްކޫލުން ދޭ އެއްވެސް ޚިދުމަތްތަކާއި ގުޅޭގޮތުން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ މި ސްކޫލަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވަން ބޭނުންފުޅުވާ ޝަކުވާ ލިޔުމުން މި ސްކޫލުގެ މެއިލްއަށް ([email protected]  ) މެއިލްކުރައްވައިގެންވެސް ހުށަހެޅޭނެއެވެ. އަދި މީގެ އިތުރުން www.gov.mv ) ) ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލެވިފައިވެއެވެ.

                   

 

 

ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސަރވިސް ޗާޓަރ ( ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް )

 

ޚިދުމަތް

ފުރިހަމަކުރަންޖެހޭ މަރުހަލާތައް

ބޭނުންވާނެ ލިޔެކިޔުންތައް

ޚިދުމަތް ހޯދުމަށް ހޭދަވާނެ މުއްދަތު

އޮފީހަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދިނުން.

-

-

  • އޮފީހަށް އަންނަ ކޮންމެ ފޯންކޯލަކަށް ވަގުތުން އިޖާބަދީ ޖަވަބުދާރީވެވޭނެ.

ކުދިން ސްކޫލަށް ވެއްދުން.

ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ސްކޫލުގެ އިދާރާއަށް ހުށަހެޅުން.  

  • ދަރިވަރުގެ އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލާއި ކޮޕީ
  • ދަރިވަރުގެ އައިޑެންޓިޓީ ކާޑު
  • ދަރިވަރުގެ ވެކްސިން ކާޑުގެ އަސްލާއި ކޮޕީ
  • ބެލެނިވެރިޔާގެ އައިޑެންޓިޓީ ކާޑު
  • ދަރިވަރު ސްކޫލަށް ވަނުމަށް އެދޭ ފޯމް ( ފުރިހަމަކޮށްފައިވާ )
 
  • ސަރުކާރުގެ ރަސްމީ 2 ދުވަސް.

ދަރިވަރު އެހެން ސްކޫލަކަށް ބަދަލުކުރުން.

ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ސްކޫލުގެ އިދާރާއަށް ހުށަހެޅުން.  

  • ދަރިވަރު ބަދަލުކުރަން ބޭނުންވާ ސްކޫލުގެ މަޢުލޫމާތާއިއެކު ބަދަލުކުރަން ބޭނުންވާކަން ލިޔުމުން ހުށަހެޅުން.
  • ބަދަލުވާން އެދޭ ސްކޫލުގެ ޖާގަ ކަށަވަރުވެފައިވާކަމުގެ ލިޔުން ހުށަހެޅުން.
 
  • މީމިސް ޕޯޓަލްގެ ތެރެއިން ރަސްމީ 2 ދުވަސްތެރޭގައި ބަދަލުކުރުމަށް ހުށަހެޅޭނެ.

ދަރިވަރުގެ ލީވިންގ ސެޓްފިކެޓް ހައްދައިދިނުން.

ލީވިންގ ސެޓްފިކެޓް ބޭނުންވާކަމަށް ލިޔުމުން ސްކޫލުގެ އިދާރާއަށް ހުށަހެޅުން.

  • ދަރިވަރުގެ ލީވިންގ ސެޓްފިކެޓް ބޭނުންވާކަމަށް ބޭނުންވާ ތާރީޚާއިއެކު ހުށަހަޅަންޖެހޭ ލިޔުން.
 
  • ރަސްމީ ދުވަސްތަކުގެތެރެއިން 2 ދުވަސްތެރޭގައި ނިންމާ ލީވިންގ ސެޓްފިކެޓް ޙަވާލުކުރެވޭނެ.

އޮފީހަށް ލިބޭ އެކިއެކި ފައިސާ ބަލައިގަތުން.

ކަމާއިގުޅޭ ލިޔުމާއިއެކު ސްކޫލުގެ އިދާރާއަށް ފައިސާ ދެއްކުން.

  • އިދާރާއަކުން ނުވަތަ އަމިއްލަ ފަރާތަކުން ފައިސާ ދައްކާނަމަ ދައްކާ ފައިސާއާއި ގުޅޭ ލިޔުން.

 

  • ރަސްމީ ދުވަސްތަކުގެތެރެއިން ކޮންމެ ދުވަހަކުވެސް މެންދުރު 12.00ގެ ކުރިން ފައިސާ ބަލައިގަނެ ޖަމާކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި ފައިސާ ބަލައިގަތްކަމުގެ ލިޔުން ދޫކުރެވޭނެއެވެ.

އޮފީހުގެ ބޭނުމަށް ތަންތަނުން ގެނެވޭ ތަކެތީގެ ބިލްތަކަށް ފައިސާ ދިނުން.

ކަމާއިގުޅޭ ބިލްތައް ސްކޫލުގެ އިދާރާއަށް ހުށަހެޅުން.

  • އަމިއްލަ ވިޔަފާރިތަކާއި ، ސަރުކާރުގެ ވިޔަފާރި ކުންފުނިތަކާއި، އަދިވެސް މި ނޫނަސް ވިޔަފާރިކުރާ ފަރާތްތަކުން ހޯދޭ ޚިދުމަތާއި ތަކެތީގެ ބިލްތައް.
  • ދެހާސް ރުފިޔާއިން ފެށިގެން އަގުބޮޑު ތަކެތީގެ ކޮންމެ ބާވަތަކަށް 3 ކޯޓޭޝަން ހުށަހެޅުން.
  • ތަކެތީގެ ނުވަތަ ހޯދި ޚިދުމަތުގެ ތަފްޞީލް އެނގޭގޮތަށް ބިލްތައް ހުރުން.
 
  • ސްކޫލުގެ އިދާރާއިން ދޫކުރެވޭ ފައިސާއެއްނަމަ ބިލްތައް ހުށަހެޅޭތާ 5 ދުވަހުގެތެރޭގައި ބިލްތަކަށް ފައިސާ ދޫކުރެވޭނެއެވެ.
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޫކުރާ ފައިސާއެއްނަމަ ބިލްތައް ސްކޫލުގެ އިދާރާއަށް ލިބޭ ދުވަހުން ފެށިގެން 2 ދުވަސްތެރޭ މިނިސްޓްރީއަށް ހުށަހެޅޭނެއެވެ.

އޮފީހަށް އަންނަ ސިޓީއާއި މެސެޖާއި އެހެނިހެން ލިޔުންތައް ބަލައިގަނެ ޖަވާބުދިނުން.

ކަމާއިގުޅޭ ލިޔުމާއިއެކު ސްކޫލުގެ އިދާރާއަށް ހުށަހެޅުން.

  • ސްކޫލުގެ އިދާރާއިން ހޯދުމަށް އެދޭ ޚިދުމަތުގެ ލިޔުންތައް.

 

  • ރަސްމީ ދުވަސްތަކުގެތެރެއިން ކޮންމެ ދުވަހަކުވެސް ސްކޫލަށް އަންނަ ސިޓީއާއި މެސެޖު، އަދި އެހެނިހެން ލިޔުންތަކަށް ޖަވާބު ދެވެމުންދާނެއެވެ.

ރަށުގެ މުއައްޞަސާތަކުން ސްކޫލުގައި ބާއްވާ ޖަލްސާ، ބައްދަލުވުން، ވޯރކްޝޮޕް ފަދަ ކަންކަމުގައި އަދި އެހެނިހެން ބޭނުމުގައި ސްކޫލުގެ ތަކެއްޗާއި، ސްކޫލުގެ ހޯލް ދޫކުރުން.

ސްކޫލުން ބޭނުންވާ ޚިދުމަތް ބަޔާންކޮށް ސްކޫލުގެ އިދާރާއަށް ލިޔުން ހުށަހެޅުން.

  • ސްކޫލުގެ އިދާރާއިން ހޯދުމަށް އެދޭ ޚިދުމަތް ނުވަތަ ބޭނުންވާ ތަކެތީގެ ތަފްޞީލް އެނގޭގޮތަށް އެތަކެތި ބޭނުންވާކަން އަންގައިދޭ ލިޔުންތައް.

 

  • ރަސްމީ ދުވަސްތަކުގެތެރެއިން ކޮންމެ ދުވަހަކުވެސް ސްކޫލަށް އަންނަ މިފަދަ ލިޔުންތަކަށް ޖަވާބު ދެވެމުންދާނެއެވެ. އަދި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ޤަވާއިދާއިއެއްގޮތަށް ފޯރުކޮށްދެވެމުންދާނެއެވެ.

 

08 ޑިސެންބަރު 2021
ހޯދާ