ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި 2022 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ގައި 2022 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 ޤިރާއަތު ސެޓްފިކެޓް 1

 

ޝަރުޠު:       

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
  2. ޢުމުރުން 16 އަހަރު ފުރިފައިވުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  8 ހަފްތާ

ޖާގަ:         90 ޖާގަ

 

ޤިރާއަތު ސެޓްފިކެޓް 2

 

ޝަރުޠު:  

  1. ޤިރާއަތު ސެޓްފިކެޓް 1 ފުރިހަމަކޮށް ފާސްވެފައިވުން.
  2. ޢުމުރުން 16 އަހަރު ފުރިފައިވުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  1 ސެމިސްޓަރ

ޖާގަ:         90 ޖާގަ

ޤިރާއަތު ސެޓްފިކެޓް 3

ޝަރުޠު:       

  1. ޤިރާއަތު ސެޓްފިކެޓް 2 ފުރިހަމަކޮށް ފާސްވެފައިވުން.
  2. ޢުމުރުން 16 އަހަރު ފުރިފައިވުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  2 ސެމިސްޓަރ

ޖާގަ:         90 ޖާގަ

 

ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް

 

ޝަރުޠު:       

  1. ޤިރާއަތު ސެޓްފިކެޓް 3 ފުރިހަމަކޮށް ފާސްވެފައިވުން.
  2. ޢުމުރުން 16 އަހަރު ފުރިފައިވުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:2 ސެމިސްޓަރ

ޖާގަ:         90 ޖާގަ

 

ޤުރުއާން މުދައްރިސްކަމުގެ ޑިޕްލޮމާ

 

ޝަރުޠު:       

1.  ގުޅޭ ދާއިރާއަކުން އެމް. އެން. ކިޔު. އެފް ލެވެލް 4 ގެ ކޯހެއް ފުރިހަމަ ކޮށްފައިވުން.

2.  މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:      1  އަހަރު ( 2 ސެމިސްޓަރ )

ޖާގަ:         30 ޖާގަ

 

ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ

 

ޝަރުޠު:       

1.  ގުޅޭ ދާއިރާއަކުން އެމް. އެން. ކިޔު. އެފް ލެވެލް 4 ގެ ކޯހެއް ފުރިހަމަ ކޮށްފައިވުން.

2.  މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:      3  އަހަރު ( 6 ސެމިސްޓަރ )

ޖާގަ:         30 ޖާގަ

 

އިމާމުކަމުގެ ޑިގްރީ ކޯސް

ޝަރުޠު:      

  1. ގުޅޭ ދާއިރާއަކުން އެމް. އެން. ކިޔު. އެފް ލެވެލް 4 ގެ ކޯހެއް ފުރިހަމަ ކޮށްފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:3  އަހަރު ( 6 ސެމިސްޓަރ )

ޖާގަ:    30 ޖާގަ

 ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf 2021 ޑިސެމްބަރ 08 ވާ ބުދަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2022 ޖަނަވަރީ 02 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ) އާއެކު [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި "Semester 1, 2022  ޖެއްސެވުން އެދެމެވެ.

މި ކޯސްތަކަށް ދަރިވަރުން ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ 2022 ޖަނަވަރީ 09 ން 2022 ޖަނަވަރީ 15 އާއި ދެމެދުއެވެ.

 

08 ޑިސެންބަރު 2021
ހޯދާ