ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

އިޢްލާން

ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

     މި އިދާރާގެ ނަމްބަރ: IUL393.2021.50  ( 21 ނޮވެމްބަރ 2021 ) އިޢުލާނާއި ގުޅިގެން ރުއްގަހުގެ ވެރިފަރާތްތަކުން ވެރިފަރާތް ބަޔާންކޮށް ހުށަހަޅުއްވާފައިވަނީ ވަރަށް މަދު ފަރާތަކުން ކަމުގައިވާތީ އަލުން މި އިޢުލާ ކުރީމެވެ. އެހެން ނަމަވެސް ވެރިފަރާތް ބަޔާންކޮށް ކުރިން ސިޓީ ފޮނުއްވި ފަރާތްތަކުން އަލުން ސިޓީ ފޮނުއްވަން ނުޖެހޭނެވާހަކަ ދެންނެވީމެވެ.

     ކިނބިދޫ ވައިލެޓް މަގުގެ އިރުމަތީ ކޮޅުގައި  ނަމްބަރ: 01 ން 04 ށް ޖަހާފައިވާ 05 ރުކާއި، ސްޕޯރޓްސް އެރީނާގައި  ނަމްބަރ: 05 ން 129 ށް ޖަހާފައިވާ ރުއްތައް ކަނޑަން ބޭނުންވާތީ، މި ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުން ވެއްޖެއެވެ.  މި ރުއްތަކުގައި ކަނޑާ ނަމްބަރ ޖަހާފައި ހުންނާނީ ފެހި ކުލައިގެ ދަވާދުންނެވެ.

     ވީމާ، ރުއްގަހުގެ ވެރި ފަރާތްތަކުން 19 ޑިސެމްބަރު 2021 ވާ އާދީއްތަ ދުވަހުގެ 02:00 ގެ ކުރިން ވެރިފަރާތް ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް އެންގެވުން އެދެމެވެ.  މި މުއްދަތުގެ ތެރޭގައި  ވެރިފަރާތް ނާންގައި ހުންނަ ރުއްތަކަކީ ވެރިފަރާތް ނެތް ރުއްތަކެއްގެ ގޮތުގައި ބަލައި ރުއްތައް ކަނޑައި ތަން ސާފު ކުރެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

           04 ޖުމާދަލްއޫލާ    1443

            08 ޑިސެމްބަރ    2021

08 ޑިސެންބަރު 2021
ހޯދާ