މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓާރފް ފުޓްބޯޅަ ދަނޑު އަމިއްލަ ތަކެތީގައި މަރާމާތު ކުރުމާއި ގުޅޭ؛

 

 (IUL)337-C-AB/337/2021/70 ނަމްބަރ

 

އިޢުލާން

 

 

ޓާރފް ފުޓްބޯޅަ ދަނޑު އަމިއްލަ ތަކެތީގައި މަރާމާތު ކުރުމާއި ގުޅޭ؛

 

މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޓާރފް ފުޓްބޯޅަ ދަނޑުގައި ކުރަން ހުރި ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން:

2021 ޑިސެމްބަރ 15 ވަނަދުވަހުގެ 13:30 ގައި މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި،

އަންދާސީ ހިސާބު ހުށަހެޅުން:

2021 ޑިސެމްބަރ 20  ވަނަދުވަހުގެ 13:30 ގައި މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްއަށް،

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ.

 

03 ޖުމާދަލްއާޚިރާ 1443

07 ޑިސެމްބަރ 2021

 

 

07 ޑިސެންބަރު 2021
ހޯދާ