ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ފުރުޞަތު

         ޅ. ކުރެންދޫގައި މަސްމާރުކޭޓެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން، ޢާއްމުކޮށްފައިވާ ނަމްބަރު: (IUL)328-RM/328/2021/68 (24 އޮކްޓޯބަރ 2021) އިޢްލާނާއި ގުޅިގެން، އެއްވެސް ފަރާތަކުން ބީލަން ހުށަހަޅުއްވާފައި ނުވާތީ އެއިޢްލާން ބާޠިލްކޮށްފީމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         ޕްރީ ބިޑް މީޓިންގ އޮންނާނީ 13 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 11:00ގައި މިއިދާރާގައެވެ. މަސްމާރުކޭޓްގެ ޢިމާރާތް ކުރުމުގެ މަސައްކަތާއި ގުޅިގެން، އެމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުން އޮންނާނީ ޕްރީ ބިޑް މީޓިންގގައެވެ.

         ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 09 ޑިސެމްބަރ 2021ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ، އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:  

1-   އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-   ގުޅޭނެ ފޯނު ނަންބަރު

4-   އީމެއިލް އެޑްރެސް

5-    މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި، ޕްރީ ބިޑް މީޓިންގގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޓިޓީ ކާޑްގެ ސާފު ފޮޓޯކޮޕީއެއް މެއިލްގައި އެޓެޗް ކުރަންވާނެއެވެ.

 

         އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި މިއިދާރާ ގައެވެ. ޕްރީ ބިޑް މީޓިންގގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6620001 ނުވަތަ 6620456 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

         މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.

         26 ރަބީޢުލްއާޚިރާ 1443

         01 ޑިސެމްބަރ 2021

01 ޑިސެންބަރު 2021
ހޯދާ