ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން

 

އިޢުލާން

ނަންބަރ:

 (IUL)421/421/2021/36

ތާރީޚް

‏ 03 ޖުމާދިލްޢޫލާ 1443

 07 ޑިސެމްބަރ 2021

 

 

ގދ.ވާދޫ ކައުންސިލްގެ އިދާރާގެ 2022 ވަނައަހަރުގެ ސެކިއުރިޓީ ބެލެހެއްޓުން.

 

01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2022 ގެނިޔަލަށް ގދ.ވާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ،މިޚިދުމަތް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވުން

15 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 10:00 އަށް

19 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 13:00 އަށް

 

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކުންނާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކާ ދެންނެވީމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.                                                                                                                                                                  

 

 

 

 

 

                                                          ޙާޝިރު މުޙައްމަދު

                                                       ކައުންސިލްގެ ނާއިބް ރައީސް

07 ޑިސެންބަރު 2021
ހޯދާ