މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިމާލޭގައިވާ ސިނަމާލެ 04 ގެ ފްލެޓުތަކުގެ ރަޖިސްޓްރީ ހެއްދުމާއި ގުޅޭ.

މާލޭ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ ހައްލު ހޯދުމުގެ ގޮތުން ވިލިމާލޭގައި އިމާރާތްކޮށް ދޫކޮށްފައިވާ ސިނަމާލެ 4 ން ފުލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފުލެޓް އަމިއްލަ ކުރުމަށް ބޭނުންވާ ފަރާތްތަކުން، ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް ހުރިނަމަ އެފަދަ ފައިސާ ދެއްކުމަށްފަހު އަމިއްލަ ކުރުމަށް އެދޭ ފަރާތްތަކުން އެކަން މާލެ ސިޓީ ކައުންސިލަށް ކުރިޔަށް އޮތް 02 މަސް ދުވަހުގެ ތެރޭގައި  ސިޓީއަކުން ހުށަހެޅުމަށް ދަންނަވަމެވެ. އަދި ފުލެޓް އަމިއްލަ ކުރުމަށް އެދޭ ފަރާތްތަކުން 2021 ވަނަ އަހަރު ޑިސެމްބަރ މަހާއި ހަމައަށް ދައްކަންޖެހި، ނުދެއްކިވާ ފައިސާ އެއްފަހަރާ  ދެއްކެން ނެތްނަމަ އެފަދަ ފަރާތްތަކުން ފައިސާ ދެއްކޭނެ މަގުތައް ކައުންސިލަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މިގޮތުން ފައިސާ ދައްކައި ޚަލާސްކުރާ ފަރާތްތަކަށް ފްލެޓްތަކުގެ ރަޖިސްޓްރީ ހަދައިދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ވާހަކަ ދެންނެވީމެވެ.

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

06 ޑިސެންބަރު 2021
ހޯދާ