ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރާމަރުކަޒު ޤާއިމުކުރުމާ ގުޅޭ

ނަންބަރު: (IUL)262/262/2021/76

އިޢުލާން

 

                      

ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމާ ގުޅޭ:

 

ހދ.ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރުނާ މަރުކަޒު ޢިމަރާތްކޮށް ތަރައްޤީކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ދަޢުވަތު ހުޅުވާލެވިފައިވަނީ މިބާވަތުގެ މަސައްކަތްކުރުމަށް ދިވެހިރާއްޖޭގައި ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ 2021  ޑިސެމްބަރ  07 ވާ އަންގާރަ ދުވަހުން ފެށިގެން 2021 ޑިސެމްބަރ 13 ވާ ހޯމަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބާއި މަޢުލޫމާތު ސާފުކުރުން އޮންނާނީ  2021 ޑިސެމްބަރ 20 ވާ ހޯމަ ދުވަހުގެ 11:00 ގައި ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާގައެވެ.

މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2021  ޑިސެމްބަރ 20 ވާ ހޯމަ ދުވަހުން ފެށިގެން ލިބެން ހުންނާނެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލް ކުރެވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2021 ޑިސެމްބަރ 30 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބިޑް ޑޮކިއުމަންޓް ބަންދުކުރެވިފައި އޮންނަންވާނެގޮތުގެ އިރުޝަދު ބިޑް ޑޮކިއުމަންޓްގައި ބަޔާންކުރެވިފައިވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

06 ޑިސެންބަރު 2021
ހޯދާ