މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އަތިރިމައްޗާއި، ހުސްބިންތަކުގައި "ގާޑިޔާ" ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުސޫލުއާއި އެއްގޮތަށް ގާޑިޔާ ބިންތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު

 

 

 

                         (IUL)337-C-AA/337/2021/69 ނަންބަރ

 

އިޢުލާން

 

ރަށުގެ އަތިރިމައްޗާއި، ހުސްބިންތަކުގައި "ގާޑިޔާ" ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުސޫލުއާއި އެއްގޮތަށް ގާޑިޔާ ބިންތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު

 

              މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާގެ ނަންބަރު: YM/2021/30 (28 ނޮވެންބަރު 2021) ޔައުމިއްޔާއިން ނިންމާ 01 ޑިސެންބަރު 2021 ވަނަ ދުވަހު ޢާންމުކޮށްފައިވާ ނިންމުމުގައިވާ ގޮތުގެމަތިން ރަށުގެ އަތިރިމައްޗާއި، ހުސްބިންތަކުގައި "ގާޑިޔާ" ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުސޫލު އާއި އެއްގޮތަށް ގާޑިޔާ ބިންތައް ކުއްޔަށްދިނުމަށް ބޭނުންވެއެވެ. ގާޑިޔާ ބިންތައް ކުއްޔަށް ދިނުމަށް ބޭނުންވާ ސަރަހައްދުތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ގާޑިޔާ ނަންބަރު

ސަރަހައްދު

ފީ (ބިމުކުލި ނުހިމަނާ)

ގާޑިޔާ ނަންބަރު

ސަރަހައްދު

ފީ (ބިމުކުލި ނުހިމަނާ)

G1

ހުޅަނގުގެ ކުރިމަތިން ހުޅަނގު އުތުރަށް އޮތް ހުސްބިން

-/1500ރ

G6

މަންފާވިލާގެ ކުރިމަތިން ހުޅަނގު އުތުރަށް އޮތް ހުސްބިން

-/1000ރ

G2

ހުޅަނގުގެ ކުރިމަތިން ހުޅަނގު ދެކުނަށް އޮތް ހުސްބިން

-/1500ރ

G7

މަންފާވިލާގެ ކުރިމަތިން ހުޅަނގު ދެކުނަށް އޮތް ހުސްބިން

-/1000ރ

G3

ގްރީންޕާކްގެ ކުރިމަތިން ހުޅަނގު ދެކުނަށް އޮތް ހުސްބިން

-/1500ރ

G8

ޝިޔާ ގޭގެ ކުރިމަތިން ހުޅަނގަށް އޮތް ހުސްބިން

-/1000ރ

G4

ކާނޭޝަންމާގެ ކުރިމަތިން ހުޅަނގު އުތުރަށް އޮތް ހުސްބިން

-/1500ރ

G9

ދަރުސްގޭގެ އިރުން އުތުރަށް އޮތް ހުސްބިން

-/500ރ

G5

އެމްޑީޕީ ޖަގަހައިގެ އުތުރުން އޮތް ހުސްބިން

-/1500ރ

G10

ސޯސަންވިލާ ގޭގެ އިރުން އޮތް ހުސްބިން

-/500ރ

ނޯޓް: ޖަދުވަލު 1 ގެ ޗާޓުގައި ގާޑިޔާ ބިންތައް ފާހަގަކުރެވިފައިވާ ސަރަހައްދުތައް

ވީމާ، މަތީގައި ދެންނެވިފައިވާ ގާޑިޔާ ބިންތަކަށް ޝަޢުޤުވެރިވާ މާފުށީގެ ރަށްވެހިން 14 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.  ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 13:00 އަށް ކައުންސިލް އިދާރާގެ ރިސެޕްޝަނުން ގާޑިޔާ ބިމަށް އެދޭ ފޯމް ލިބެން ހުންނާނެއެވެ.

މި އިޢުލާނާއިއެކު ރަށުގެ އަތިރިމައްޗާއި، ހުސްބިންތަކުގައި "ގާޑިޔާ" ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުސޫލު އާއި، ގާޑިޔާ ބިމަށް އެދޭ ފޯމް އާއްމުކުރީމެވެ.

 

ނޯޓް: ޖަދުވަލް 01 ގައިވާ ބިންތަކުގެ ކުއްޔަށް ރަށުގެ އަތިރިމައްޗާއި، ހުސްބިންތަކުގައި "ގާޑިޔާ" ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުސޫލުގެ 12 ވަނަ މާއްދާގެ (ހ)ގައިވާ ބިމު ކުލީގެ ގޮތުގައި އަކަފޫޓަކަށް 01 ރުފިޔާ (އެކެއް ރުފިޔާ) އިތުރުވާނެއެވެ.

01 ޖުމާދަލްއޫލާ 1443

05 ޑިސެންބަރު 2021           

05 ޑިސެންބަރު 2021
ހޯދާ