ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ މައި ދޮރާއި، ކުޑަދޮރުތަކާއި، ފެންލައިޓްތައް އެލުމިނިއަމް ދޮރަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

މި އިޢުލާންވަނީ 16 ޑިސެންބަރު 2021 14:51 ގައި ބާތިލް ކުރެވިފައެވެ.


އަންދާސީ ހިސާބު ބޭނުންވެއްޖެ.

 

މިކޯޓުގެ މައި ދޮރާއި، ކުޑަދޮރުތަކާއި، ފެންލައިޓްތައް އެލުމިނިއަމް ދޮރަށް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިކޯޓުންކުރި ނަންބަރު: G1C-A/2021/5 (28 ނޮވެމްބަރ 2021)އާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެއްވެސް ފަރާތަކުން ޙާޟިރުވެފައިނުވާތީ، އެމަސައްކަތްކުރުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

މިކޯޓުގެ މައި ދޮރާއި، ކުޑަދޮރުތަކާއި، ފެންލައިޓްތައް އެލުމިނިއަމް ދޮރަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިކޯޓުގެ މައި ދޮރާއި، ކުޑަދޮރުތަކާއި، ފެންލައިޓްތައް އެލުމިނިއަމް ދޮރަށް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 08 ޑިސެމްބަރ 2021 ދުވަހުގެ 14:00 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި، މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު  ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރަޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6620360 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

     އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 14 ޑިސެމްބަރ 2021 

     އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00

     އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓު 

01 ޖުމާދަލްއޫލާ 1443

05 ޑިސެންބަރު 2021
ހޯދާ