މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-211690

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

(އެމް. އެސް 3) 

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް މީޑިއާ ކައުންސިލް، ކ. މާލެ

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މީޑިއާ ކައުންސިލް އެލަވަންސް: (މުސާރައިގެ 35 ޕަސެންޓް)
  •  ސަޕޯޓިންގ ކޯ އެލަވަންސް2: (-/900 ރުފިޔާ)
  •  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

   މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެމަތިން ފައިނޭންސް ކޮންޓްރޯލަރ ނެރެފައިވާ އިރުޝާދުގެ ދަށުން ހަމަޖައްސަވާފައިވާ ގޮތުގެ މަތިން ހިސާބާ ބެހޭ ފޮތްތަކާއި އެހެނިހެން ރެކޯޑްތައް ބެލެހެއްޓުމާއި މިންގަޑުތައް ތަނުގައި ޤާއިމްކޮށް އެއާއި އެއްގޮތަށް އަމަލުކުރުން.
  2. ސަރުކާރުގެ މުދަލާއި ފައިސާއާއިބެހޭ ޤާވާޢިދާއި މާލިއްޔަތު ޤާނޫނާއި ޤަވާއިދުގައިވަ ގޮތުގެ މަތިން، ފައިސާއާބެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުމާއި، ފައިސާއާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ފައިސާ ބަޖެޓުން ޚަރަދުކުރުމާއި، އަދި މިނޫންވެސް ފައިސާއާބެހޭ އެންމެހާ މުޢާމަލާތްތައް ހިންގާ ބެލެހެއްޓުން.
  1. ކައުންސިލަށް ބޭނުންވާ ތަކެތި ހޯދުމަށް ފޮނުވާ ޕީއޯތައް ތައްޔާރުކޮށް ކައުންސިލްގެ ޑޭޓާ ސިސްޓަމް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. 

 4. ސިވިލްސަރވިސްގެ ޤަވާއިދުތަކާއި އެއްގޮތުގެ މަތިން މުވައްޒަފުންގެ ކަންތައްތައް     ބެލެހެއްޓުމާއި މަސައްކަތާއި ޙަވާލުވެފައިވާ މުވައްޒަފުން ލައްވާ ޑިރެކްޓަރ ނުވަތަ ޒިންމާދާރު   ވެރިޔާގެ ލަފާގެ މަތިން އެމަސައްކަތްތައް ކުރުވުން. 

 5. ފައިސާ ޚަރަދުކުރާ ނުވަތަ ޓްރާންސްފަރ ކުރާ އެކައުންޓަކީ ރަގަޅު އެކައުންޓެއްތޯއާއި   ޕޭމަންޓް ވައުޗަރގައި ޚަރަދުކުރުމަށް ޓްރާންސްފަރ ކުރުމަށް ރެކޯޑް ކުރެވިފައިވަނީ   ރަގަޅަށްތޯ  ބެލުން.

 6. ފައިސާ ދެއްކުމާއި ބެހޭ ގޮތުން ފުރިހަމަކުރަންޖެހޭ އެއްވެސް ކަމެއްވާނަމަ އެކަމެއް   ޕޭމަންޓް ވައުޗަރ އާއެކު ފުރިހަމަކޮށްފައިވޭތޯ ބެލުން. 

 7. ތައްޔާރުކުރާ މާލީ އަންދާޒާތައް (ބަޖެޓާއި، ކޭޝްފުލޯ ފޯކާސްޓް ފަދަ އަންދާޒާތައް)   ވީހާވެސް ސީދާ މިނެއްގައި ތައްޔާރުކުރުން. 

 8. ޚަރަދުކުރުމަށް ކަޑައަޅާފައިވާ ކަންތައްތަކަށް ޚަރަދު ކުރުމަށާއި ބޭކާރު ޚަރަދު   ނުކުރުމަށާއި އަދި އެއްވެސް ޚަރަދެއް ޤަވާއިދުން ހުއްދަ ދެވިގެން މެނުވީ ނުކުރެވޭ   ގޮތަށް ކޮންޓްރޯލް ކުރުން. 

 9. ކޮންމެ މީލާދީ މަހެއް  ނިމުމުން އެއަހަރެއްގެ މާލީ ހިސާބުތައް އެސްއޭޕީ   ސިސްޓަމް ޗެކްކޮށް އެއަށް އެއްވެސް އުނިއިތުރެއް ގެންނަން ޖެހޭ ނަމަ އެކަން   މިނިސްޓްރީ އޮފް ފިނޭންސް އަށް އަންގާ ރަގަޅުކުރުން. 

 10. މިނިސްޓްރީ އޮފް ފިނޭންސް އިން އަންގާ ގޮތެއްގެ މަތިން ކޮންމެ އަހަރަކަށް   ލަފާކުރާ އަންދާޒާ ބަޖެޓް ތައްޔާރުކޮށް އެމިނިސްޓްރީން އަންގާ މުއްދަތެއްގެ ތެރޭގައި   އެމިނިސްޓްރީއަށް ފޮނުވުން. 

 11. ފައިސާ ޚަރަދުކުރުމުގައި ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ޕޭމަންޓް ވައުޗަރަށް   ހުއްދަދިނުމުގެ މަސްއޫލިއްޔަތު އުފުލުން. 

 12. އެހެން ޤާނޫނެއް ޤަވާއިދެއް، ޑައިރެކްޝަނެއް ނުވަތަ މިމާލިއްޔަތުގެ ޤަވާއިދުގެ   ދަށުން ތައްޔާރުކުރަންޖެހޭ މާލީ ރިޓާންސްއާއި ހިސަބުތައް ލަސްނުކޮށް ތައްޔާރުކުރުން. 

 13. ފައިނޭންސް ކޮންޓްރޯލަރ ނުވަތަ ޤާނޫނީ ގޮތުން ފައިސާއާއި ބެހޭ ހިސާބުތައް   ބަލައި ޗެކްކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކުން ސާފުކުރުވަން ބޭނުންވާ ކަންކަމާ ބެހޭ   މައުލޫމާތުތައް ލަސްނުކޮށް ފޯރުކޮށްދިނުމާއި ޖަވާބުދާރީވުން. 

 14. މުވައްޒަފުންނަށް ކޮންމެ މަހަކު ދޭންޖެހޭ މުސާރަ ދިނުމުގެ އެންމެހާ މަސައްކަތް   ކުރުވުން.

 15. އޮފީހުގެ މަރާމާތްކުރަންޖެހޭ ތަންތައް ބަލައި އެކަމާ ބެހޭ އެންމެހާ މަސައްކަތްތައް   ކުރުވުން. 

 16. އޮފީހަށް ގަންނަން ބޭނުންވާ ތަކެތި ހޯދާ ދިނުމުގެ އިންތިޒާމްރާވާ އެމަސައްކަތް   ކުރުވުން. އަދި އޮފީހަށް ހޯދާ ތަކެއްޗާއި ގަންނަ ތަކެއްޗަށް ބިލްތައް ހޯދުމާއި އެބިލްތަކުގެ   މުއްދަތު ހަމަވުމުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް   ފޮނުވުން.

 17. އަލަށް ވަޒީފާއަށް ނިކުންނަ މުވައްޒަފުންގެ ހިސާބު ބެލެހެއްޓުމާ ބެހޭ ނިޒާމަށް   މުވައްޒަފުން ހޭލުންތެރި ކުރުވުން. 

 18. މީޑިއާ ކައުންސިލުގެ މެންޑޭޓްގައި ހަމަޖެހިފައިވާ ކަންކަމުގެތެރެއިން އެވަގުތަކު   އެހީތެރިކަމަށް ބޭނުންވާ ކަންކަމަށް އެންމެފުރިހަމަގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެކައުންޓިން
  • ފައިނޭންސް

ތަޢުލީމީ ރޮނގުތައް:

  • އެކައުންޓިން
  • ފައިނޭންސް

ޕްރިފަރޑް ޑިސިޕްލިންތައް:

  • ނެތް

ކޯ ޑިސިޕްލިންތައް:

  • އެކައުންޓިން
  • ފައިނޭންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ފައިނޭންސް ޔުނިޓްގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވެބްސައިޓުންނާއި (www.mmc.org.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަކަކީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12.4 ވަނަ ނަންބަރުގައިވާ މިންގަޑުތަކެވެ.

އަސާސީ ޝަރުޠު ހަމަވުމުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕްއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (13 ޑިސެންބަރ 2021) ގެ (13:30) ގެ ކުރިން، މޯލްޑިވްސް މީޑިއާ ކައުންސިލް (ގ. ބިއްލޫރިޖެހިގެ، 2 ވަނަ ފަންގިފިލާ، މަޖީދީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމުތައް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ މެއިލް މެދުވެރިކޮށް ފޮނުވާ ލިޔެކިއުންތައް އެއް ފައިލެއްގައި (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ގޮތަށް) ޕީޑީއެފް (PDF) ފޯމެޓްގައި މެއިލް ކޮށްދެއްވުން އެދެމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 16 ޑިސެންބަރ 2021 އިން 21 ޑިސެންބަރ 2021 އާ ދެމެދު، މޯލްޑިވްސް މީޑިއާ ކައުންސިލް  (ގ. ބިއްލޫރިޖެހިގެ، 2 ވަނަ ފަންގިފިލާ، މަޖީދީމަގު) ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3003995 ނަންބަރު ފޯނާއެވެ.

އީ-މެއިލް ކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

01 ޖުމާދަލް އޫލާ  1443  

05 ޑިސެންބަރު 2021
ހޯދާ