ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 21 ވަނަ ޖަލްސާގެ ނިންމުން

 

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 21

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

30 ނޮވެމްބަރ 2021

ބައްދަލުވުން ބޭއްވި ގަޑި:

12:45

 

ނިންމުންތައް

  1. ކައުންސިލުން ރަށުގެ މުއައްސަސާތަކަށް ޒިޔާރަތްކޮށް ކޮންމެ ތިންމަހުން ބައްދަލުވުމެއް ބޭއްވުމަށް ނިންމުނު.
  2. ވަންދޫ ސްކޫލްގައި ދާއިމީ ޕްރިންސިޕަލްއެއް ހަމަޖެހިފައި ނެތުމުން ދާއިމީ ޕްރިންސިޕަލްއެއް ހަމަޖައްސައިދިނުމަށް އެދި މިނިސްޓްރީ އޮފް އެޑިއުކޭޝަންއަށް ހުށަހެޅުމަށް ނިންމުނު.
  3. ރަށުގެ ސިނާއީސަރަހައްދުން ބިންދޫކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން ޤަވާއިދުން ބިމުކުލި ދައްކަމުންދާނަމަ އެއްބަސްވުމުގެ މުއްދަތު 2 އަހަރުދުވަހައް އިތުރުކުރުމަށާއި އެއްބަސްވުމުގެ މުއްދަތުހަމަވެ މުއްދަތު އިތުރުކުރުމަށް ބޭނުންނުވާ ފަރާތްތަކުގެ ބިންތައް ކައުންސިލައް ނެގުމަށް ނިންމުނު.
  4. ސައިލާބު އަދި މަގުލަސް ގޯތީގައިވާ މިންތަކާއި ރަޖިސްޓަރީގައިވާ މިންތައް ތަފާތުވެފައިވުމާއި އަދި ރަޖިސްޓަރީގައިވާ މިންތައް ހަމަކުރުމުން މަގުތަކުން އުނިވުމާއި ގޯތީގައި ޢިމާރާތްކުރެވިފައިނެތުމުން މިހިނދަށް މަގުސީދާކޮށް ގޯތީގައިހުރި މިންތަކަށް ރަޖިސްޓަރީ އިސްލާޙްކުރުމަށް ނިންމުނު.
  5. ކައުންސިލްގެ އެކައުންޓްތައް އޮޕަރޭޓްކުރުމާއިގުޅޭ ގަރާރު ފާސްކުރެވުނު.
  6. ކައުންސިލްގެ 2022-2026 އެކުލަވާލެވިފައިވާ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ފާސްކުރެވުނު.

 

 

އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

30 ނޮވެންބަރު 2021
ހޯދާ