މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
1. މިއޮތޯރިޓީ އަށް ބޭނުންވާ 10 ޔޫ.ޕީ.އެސް އަދި 15 ކޮމްޕިޔުޓަރ ސިސްޓަމް ގަތުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މިއޮތޯރިޓީ އަށް ބޭނުންވާ 10 ޔޫ.ޕީ.އެސް އަދި 15 ކޮމްޕިޔުޓަރ ސިސްޓަމް ގަތުމަށްޓަކައި ކުރެވިފައިވާ ނަންބަރު           (IUL)431-AHP/1/2021/18 އިޢުލާނުގެ މަޢުލޫމާތު ޝީޓް ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލްކޮށް މިއޮތޯރިޓީ އަށް 19 ކޮމްޕިޔުޓަރ ސިސްޓަމް ގަތުމަށް އިޢުލާންކުރަމެވެ.

 

2. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 2021 ޑިސެމްބަރ 12 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން  [email protected] އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރީ ފޯމް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.

 

3. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2021 ޑިސެމްބަރ 13 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގެ މީޓިންރޫމުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

 

4. މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2021 ޑިސެމްބަރ 12 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

 27 ރަބީޢުލްއާޙިރު  1443ހ.

02 ޑިސެމްބަރ   2021މ.

02 ޑިސެންބަރު 2021
ހޯދާ