މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަވާޢިދާ ޚިލާފަށް އިޖުތިމާޢީ ބިންތައް ބޭނުންކުރުމާއި ބެހޭ

 ރ. ދުވާފަރުގައި ޢާންމުވެފައިވާ އިޖުތިމާޢީ އެކި ސަރަޙައްދުތައް ޤަވާޢިދާ ޚިލާފަށް  ބޭނުންކުރަމުންދެއެވެ. ނަމަވެސް މިއީ ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު 2002/1 ގެ ދަށުން މަނާކަމެކެވެ. ވީމާ، މިފަދަ ތަކެތި ހުރިނަމަ، ލަސްނުކުރައްވާ އެތަންތަނުން އެއެއްޗެތި ނަންގަވައި ދެއްވާ ހުސްކޮށްދެއްވުން އެދި ދަންނަވަމެވެ. އެހެނީ މިރަށުގެ އިޖުތިމާޢީ ސަރަޙައްދު ތަކަކީ ވަކި ފަރާތަކަށް ދެވިފައިވާ ބިންތަކަށް ނުވެފައި، މިކަމުގެ ސަބަބުން ރަށުގެ ޢާންމު މަޞްލަޙަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމުގައި ވާތީ، މިކަން ހުއްޓާލުމަށް ހުރިހާ ރައްޔިތުންގެ ކިބައިން މިއިދާރާއިން އިލްތިމާސް ކުރަމެވެ.  

މިހާރު ޤަވާޢިދުގައިވާ ގޮތަށް ބިން ދޫކުރުމުގެ މަސައްކަތް މި އިދާރާއިން މިދަނީ ކުރަމުންނެވެ.

މިފަދަ ކަންކަމުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތުން މިއިދާރާއަށް ދެއްވާ އެއްބާރު ލެއްވުމަށް ނުހަނު އިޚްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

25 ރަބީޢުލްއާޚިރާ 1433

01 ޑިސެމްބަރ   2021

01 ޑިސެންބަރު 2021
ހޯދާ